ނައިބު ރައީސް އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް، އެފްއޭއެމް ވިމެންސް ލީގް 2025 ގެ ފައިނަލް މެޗް ޝަރަފުވެރިކޮށްދެއްވައިފިއެވެ.
މި މުބާރާތުގެ ފައިނަލް މެޗުގައި ވާދަކުރީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އާއި އޮޑި ސްޕޯޓްސް ކްލަބެވެ. ފައިނަލް މެޗު ސީދާ ދެ ލަނޑުން ކާމިޔާބުކުރީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުންނެވެ.
މެޗު ބައްލަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ޗެމްޕިއަންޓީމަށާއި މުބާރާތުގައި ފާހަގަކޮށްލެވޭ އެކި ކާމިޔާބީތައް ހާސިލްކުރި ކުޅުންތެރިންނާއި ޓީމުތަކަށް ޓްރޯފީ ހަވާލުކޮށްދެއްވާފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް




