ގުޅިފަޅު ކައިރި ކަނޑުމަތިން މަރުވެފައި އޮތް ބިދޭސީއަކު ފެނިއްޖެ އެވެ.
ފުލުހުން ބުނިގޮތުގައި އެކަމުގެ މައުލޫމާތު އެ އިދާރާއަށް ލިބުނީ، މިއަދު މެންދުރު 1:21 ހާއިރު ކަމަށެވެ. އޭނާގެ ހަށިގަނޑު ހަށިގަނޑު ކަނޑުން ނަގައި އައިޖީއެމްއެޗަށް ގެނގޮސްފައިވާއިރު، އެއީ ކާކުކަން މިހާރު ދެނެގަނެވިފައިވާ ކަމަށް ބުންޏެވެ.
Advertisement
އެމީހާއަކީ ކޮން ގައުމަކަށް ނިސްބަތްވާ މީހެއް ކަމެއް ފުލުހުން ނުބުނެ އެވެ. އެކަމަކު، މިމައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށާއި މައުލޫމާތު ލިބޭ ވަރަކުން ހިއްސާކުރަމުން ގެންދާނެ ކަމަށް ބުންޏެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް


