ރާއްޖެއިން ބޭރުގެ އެކި ކުންފުނިތަކުން ވިޔަފާރިކޮށް، އެ މުދަލަށް ފައިސާ ދިން ކަމަށް ދެއްކުމުގެ ގޮތުން ސައްހަ ނޫން ލިޔުން އުފައްދައި ހުށަހެޅި މައްސަލާގައި ކުރާ މަނީލޯންޑަރިންގެ ހަތް ދައުވާ ވެސް ހަސަން ޝިފާއުގެ މައްޗަށް ސާބިތުވެއްޖެ އެވެ.
ކިންގްޑަމް އޮފް ފުރުޓްސް މެދުވެރިކޮށް ރާއްޖެއިން ބޭރުގެ ކުންފުނިތަކެއްގެ މުދާ ރާއްޖެ އެތެރެކޮށް، އެ މުދަލަށް ބޭރު ކުންފުނިތަކަށް ދައްކަން ޖެހޭ ފައިސާ ދެއްކުމުގައި މަކަރާއި ހީލަތް ހެދި މައްސަލާގައި 23 ދައުވާއެއް ކޮށްފައިވެ އެވެ.
އޭގެތެރޭގައި ހިމެނޭ މަނީ ލޯންޑަރިންގެ ހަތް ދައުވާ ސާބިތުވާކަމަށް މިއަދު ކްރިމިނަލް ކޯޓުން ހުކުމްކުރިއިރު، ބާކީ ހުރި 16 ދައުވާ ވެސް އޭނާގެ މައްޗަށް މިދިޔަ މަހު ވަނީ ސާބިތުވެފަ އެވެ.
އެ ހުރިހާ ދައުވާތައް ހިމެނޭހެން، މިއަދުގެ އަޑުއެހުމުގައި އަދަބު ކަނޑައެޅުމުގެ ބައި ވެސް ކުރިއަށް ގެންދިއުމަށް ގާޒީ އަލީ ނަދީމް އުޅުއްވި އެވެ. އެކަމަކު ޝިފާއުގެ ވަކީލު ހާޒިރުނުވާތީ އަދަބު ކަނޑައެޅުމުގެ އަޑުއެހުން ވަކިން އެހެން ދުވަހެއްގައި ބޭއްވުމަށް އޭނާ އެދުމުން، އެ އަޑުއެހުން ބާއްވަން ނިންމާފައިވަނީ އަންނަ ބުރާސްފަތި ދުވަހު އެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް




