މިރޭ މާލެއާއި ހުޅުމާލެ ގުޅުވާލަން އޮންނަ ސިނަމާލެ ބްރިޖުގެ މެއިންޓެއިނެންސް މަސައްކަތަށް ބަންދުކުރަން ހަމަޖެހިއްޖެ އެވެ.
ފުލުހުން ބުނީ ސިނަމާލެ ބްރިޖްގެ މެއިންޓެނެންސް މަސައްކަތެއް ކުރުމަށްޓަކައި ޑިސެންބަރު 15 ވަނަ ދުވަހުގެރޭ 23:45 އިން ފެށިގެން މަސައްކަތް ނިމެންދެން ބްރިޖްގެ އުތުރު ފަރާތު ލޭނު ބަންދުކޮށް ޓްރެފިކް ފްލޯއަށް ބަދަލު ގެނައުމަށް ހަމަޖެހިފައިވާކަމަށެވެ.
މީގެ ކުރިންވެސް ދޭތެރެއަކުން ސިނަމާލެ ބްރިޖު މަރާމާތައް ބަންދުކޮށް ހަދައެވެ.
ރޭގަނޑު ގަޑިތަކުގައި ބަންދުކޮށްފަ އޮތުމަށްފަހު ދުވާލުވާން ވާއިރަށް އުޅަނދުތަކަށް ހުޅުވާލާކަން ފާހަގަވެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް



