ޖުވާ ކުޅުން ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް ނިންމެވިކަން ރައީސް މުހައްމަދު މުއިއްޒު އިއުލާން ކުރައްވައިފިއެވެ.
ރައީސް މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޖުވާ ކުޅުން ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް ދިވެހި ރާއްޖޭގެ ގާނޫނުލް އުގޫބާތަށް އިސްލާހު ގެނައުމުގެ ބިލެއް މިއަދު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާކަމަށެވެ.
އެގޮތުން މި ބިލުގައި ޖުވާ ކުޅޭ ތަނެއް ހިންގުމަކީ ޖިނާއީ ކުށެއްކަމަށް ކަނޑައެޅުމަށް ހިމަނާފައިވާކަން ރައީސް މުއިއްޒު ފާހަގަކުރެއްވިއެވެ.
Advertisement
މި ބިލުގެ މާ ބޮޑު ތަފްސީލެއް އެމަނިކުފާނު ދެއްވާފައެއް ނުވެއެވެ.
ޖިނާއީ ކުށްތައް ބަޔާންކޮށްފައިވާ ގާނޫނުލްއުގޫބާތުގައި ޖުވާ ކުޅުމާއި ޖުވާއާ ގުޅޭ އެފަދަ އެއްވެސް ކަމެއް އެ ގާނޫނުގައި ނުހިމެނެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް


