ދެ ލޯބިވެރިން ދޭތެރޭ ހިނގި ޒުވާބަކަށް ފަހު64 އަހަރުގެ ފިރިހެނެއް ގަޔަށް32 އަހަރުގެ އަންހެން މީހާ ވަޅި ޖަހައިފި އެވެ.
ފުލުހުން ބުނީ މާލޭ ގެއެއްގެ ތެރޭގައި ދެ މީހެއްގެ ދެމެދު ހިނގި ޒުވާބެއްގެ ތެރެއިން ހިނގި ހަމަނުޖެހުމެއްގައި އެކަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައިވާ މައްސަލައެއް 2025 ޑިސެންބަރު 9 ވަނަ ދުވަހުގެ 10:05 އެހާކަންހާއިރު ފުލުހުންނަށް ހުށަހަޅައިފައިވާކަމަށެވެ.
މިމާރާމާރީގައި އަނިޔާވެފައިވަނީ 64 އަހަރުގެ ފިރިހެނަކަށާއި 32 އަހަރުގެ އަންހެނަކަށް ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ މި ދެމީހުންގެ ތެރެއިން 64 އަހަރުގެ މީހާގެ ބުރަކައްޓަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައިވާކަމަށެވެ.
މި މާރާމާރީގައި ދެމީހުންނަށްވެސް އަނިޔާވެފައިވާތީ ދެމީހުންނަށްވެސް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންނެވެ.
ފުލުހުން ބުނީ މިހާތަނަށް ބެލިބެލުމުން މި މާރާމާރީއަކީ ލޯބީގޮތުން ގުޅިގެންއުޅޭ ދެމީހުންގެ މެދުގައި ހިނގި ޒުވާބެއްގެ ތެރެއިން ހިނގި ހަމަނުޖެހުމުގައި ހިންގި މާރާމާރީއެއްކަން އެނގިފައިވާ ކަމަށެވެ.
މިމައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް




