ރާއްޖޭގައި ފުޅާދާއިރާއެއް ފަތުރުވެރިކަމުގެ ސިނާޔަތުގައި ހަރަކާތްތެރިވަމުން އަންނަ ޔުނިވާސަލް އެންޓަޕްރައިސަސްގެ ފަރާތުން ލަންކާއަށް 100،000 ޑޮލަރުގެ އެހީއެއް ދީފިއެވެ.
ޔުނިވާސަލް އެންޓަޕްރައިސަސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން 100،000 ޑޮލަރު ލަންކާއަށް ހަދިޔާކޮށްފަ ވަނީ މިއަދު އެވެ.
ޔުނިވާސަލް އަކީ އެކި ދާއިރާތަކުން އެކި ގޮތްގޮތަށް އަބަދުވެސް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކުންފުންޏެެއް ގޮތުގައި ފާހަގަކުރެވެވެ.
ރާއްޖޭގައި ހުންނަ ލަންކާގެ ހައި ކޮމިޝަނުން މިއަދު ކުރި ޕޯސްޓެއްގައި ވަނީ ލަންކާ ސަރުކާރުގެ ފަރާތުން އެ ކުންފުންޏަށް ޝުކުރު އަދާ ކޮށްފައެވެ.
ޔުނިވާސަލްގެ އިތުރުން ފަތުރުވެރިކަމުގެ ސިނާޔަތުގައި ހަރަކާތްތެރިވާ ބޮޑު 3 ކުންފުންޔަކުން ލަންކާއަށް އެހީ ގޮތުގައި ފައިސާ ހަދިޔާކޮށްފައިވެއެވެ.
އެއީ:
ސަން ސިޔާމް:75،000 ޑޮލަު(އިތުރު125،000) ޑޮލަރު ދޭނެކަމަށް ވައުދުވެފައި
ވިލާ:100،000 ޑޮލަރު
ޗަމްޕާ:10،000 ޑޮލަރު
ތޫފާން 'ދީތުވާ'ގެ ސަބަބުން ލަންކާއަށް ލިބުނު ގެއްލުމުން އަރައިގަތުމަށް އެގައުމަށް އެންމެ ބޮޑު އެހީއެއް ދީފައި ވަނީ ރާއްޖެއިންނެވެ.
ލަންކާއަށް އެހީގެ ގޮތުގައި ލިބުނު 6.5 މިލިއަން ޑޮލަރުގެ ތެރެއިން 2.4 މިލިއަން ޑޮލަރަކީ ރާއްޖެއިން ދިން އެހީއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް




