މާލެ ޒޯންގައި ރަޖިސްޓްރީކޮށްފައިވާ އުޅަނދުތަކަށް ޕާކްކުރުމަށް ހާއްސަ ވަގުތީ ޕާކިން ޒޯނެއް ހުޅުވައިފި އެވެ.
މިއީ، ޓްރާންސްޕޯޓް މިނިސްޓްރީ އާއި، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން(އެޗްޑީސީ) ގުޅިގެން ތަރައްގީކޮށްފައިވާ ތަނެކެވެ.
މި ޕާކިން ޒޯން ތަރައްގީކޮށްފައިވަނީ، ހުޅުމާލެ ފޭސް 2 ގައި ހުންނަ އޮޅުހިޔާއާއި ޖެހިގެންނެވެ. މި ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ، ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވަޒީރު މުޙައްމަދު އަމީންއެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވަޒީރު އަމީން ވިދާޅުވީ، ވެހިކަލްތައް ޕާކު ކުރާނެ ތަނެއް ނެތިގެން މަގުތަކާއި އާންމުން އެއްވާ ތަންތަނުގައި އުނދަގޫވާ ގޮތަށް ވެހިކަލްތައް ޕާކުކޮށްފައި ހުންނަ ކަމަށެވެ. ނަމަވެސް މި ޕާކިންގ ޒޯންއާއިއެކު މާލެ ސަރަހައްދުގައި ދިމާވެފައިވާ ޕާކިންގ މައްސަލައަށް ކޮންމެވެސް ވަރެއްގެ ހައްލެއް ލިބިގެންދާނެ ކަމަށެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް




