ގދ. ތިނަދުއަށް ރޭ ދަންވަރުން ފެށިގެން ވެހުނު ވާރޭގައި ރަށުގައި ފެންބޮޑުވެ، ގޭގެއަށާއި ސަރުކާރު ބައެއް އޮފީސްތަކަށް ފެންވަދެ އެކި ވަރުގެ ގެއްލުން ވެއްޖެ އެވެ.
ތިނަދޫ ސިޓީ ކައުންސިލުން ބުނީ ފެން ބޮޑުވެފައިވާ ސަރަހައްދުތަކުން ފެން ހިންދުމުގެ މަސައްކަތް ސިޓީ ކައުންސިލާއި އެމްއެންޑީއެފްގެ އެހީތެރިކަމާ އެކު ރެއިން ފެށިގެން ކުރަމުން އަންނަ ކަމަށެވެ.
އެމްއެންޑީއެފް އިން ބުނީ ބޯކޮށް ވާރޭވެހި ތިނަދޫ ސިޓީގެ މަގުތަކުގައި ފެންބޮޑުވަމުން ދާތީ، ފެން ހިންދުމުގެ މަސައްކަތުގައި އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ތިނަދޫ ފަޔަރ ސްޓޭޝަންގެ ފަޔަރފައިޓަރުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. މި ވަގުތު ތިނަދޫ ތިން ސަރަހައްދެއްގައި ޕަމްޕު ބަހައްޓައިގެން ފެން ހިންދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެމްއެންޑީއެފްއިން ބުނެއެވެ.
ފެން ބޮޑުވުމުގެ ސަބަބުން ތިނަދޫގެ ބައެއް ގެތަކާއި ސަރުކާރު އޮފީސްތަކުން އެކި ކުންފުނިތަކުގެ ސައިޓުތަކަށްވެސް ގެއްލުން ވެފައިވެއެވެ.
އެގޮތުން އެ ސިޓީގެ ހުންނަ އަތޮޅު ހޮސްޕިޓަލަށް ވެސް ފެން ވަަދެފަ ވާއިރު ރައްޔިތުންނަށް ފެން ފޯރުކޮށްދޭ ފެނަކަ ހިންގާ ފެން ޕްލާންޓަށް ވެސް ވަނީ ފެން ވަދެފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް




