މިއަދު ލ. ގަމުގަ ހުންނަ ފެނަކަ އިންޖީނުގޭގައި ހިނގި އަލިފާނުގެ ހާދިސާއަށް ފަހު، އިންޖީނުތައް މަރާތުކޮށް އަލުން އެރަށަށް ކަރަންޓު ދީފި އެވެ،
ގަމުގެ އިންޖީނުގޭގައި ހިނގި އަލިފާނުގެ ޙާދިސާގައި ރޯވެފައިވަނީ އެރަށުގެ ދެ އެނެކްސްގެ ތެރެއިން އެއް އެނެކްސްގައިކަމަށް ފެނަކައިން ބުނެއެވެ. މިހާދިސާގައި ފެނަކައިން ބެލި ބެލުމުން ގެއްލުންވެފައިވަނީ ގަމަށް ކަރަންޓުދޭ 5 އިންޖީނުގެ ތެރެއިން 1 އިންޖީނަށްކަމަށް ފެނަކައިން ބުނެއެވެ.
ކަރަންޓު ކެނޑުނު ވަގުތު އެރަށުން ފެން ކެނޑުނު ނަމަވެސް އެމައްސަލަވެސް ހައްލުކޮށްފައިވާކަމަށް ފެނަކައިން ބުނެއެވެ.
ގަމުގެ އިންޖީނުގޭގައި އަލިފާނުގެ ހާދިސާ ހިނގާފައި ވަނީ މިއަދު މެންދުރު 2:50 ހާއިރުއެވެ. އަދި 3:50 ހާއިރު ވަނީ އަލިފާން ނިއްވާލާފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް




