ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި، ހުސައިން ސަނީ އުމަރު ތަހުގީގަށް އެއްބާރުލުން ދޭނެ ކަމަށް ބުނުމަށް ފަހު، ރާއްޖެ އިން ބޭރަށް ފުރައިގެން ދާން އުޅޭ ކަމަށް ތުހުމަތު ކުރެވޭތީ ކޯޓު އަމުރެއްގެ ދަށުން އޭނާ މިއަދު ހައްޔަރުކޮށްފި އެވެ.
ފަތުރުވެރިކަމުގެ ދާއިރާގެ ޕީއާރު މަސައްކަތްތަކުގައި ހަރަކާތްތެރިވަމުންދިޔަ ސަނީ އުމަރުގެ މައްޗަށް ތުހުމަތުކުރެވޭ ޖިންސީ ގޯނާގެ މައްސަލައެއް ފުލުހުންނަށް ވަނީ ހުށަހަޅާފައެވެ.
އަދި އެ މައްސަލައާ ގުޅިގެން އޭނާ އިއްޔެ ފުލުުހަށް ހާޒިރުކޮށްފައިވާއިރު، އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ރާއްޖެއިން ބޭރުގައި ހުރެފައި ރާއްޖެ އައިތަނުން އެއަޕޯޓުންނެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި ފުލުހުން އިއްޔެ އޭނާއާ ސުވާލުކުރުމަށްފަހު ތަހުގީގަށް އެއްބާރުލުން ދޭން އެއްބަސްވުމުން ވަނީ ދޫކޮށްލާފައެވެ.
ފުލުހުން ބުނީ ޖިނާއީ މައްސަލައެއްގެ ތުހުމަތުއޮތްވާ، އަދި ތަހުގީގަށް އެއްބާރުލުން ދޭނެކަމަށް ބުނުމަށްފަހު، ސަނީ އުމަރު ރާއްޖެއިން ފުރައިގެން ދާން އުޅުނުކަމަށެވެ.
އަދި އެމައްސަލާގައި އޭނާ ހައްުޔަރުކުރުމަށްފަހު ދޫކޮށްލިކަމަށާއި، ނަމަވެސް އޭނާގެ މައްޗަށް ތުހުމަތުކުރެވޭ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައާ ގުޅިގެން މިއަދު ކޯޓު އަމުރެއްގެ ދަށުން އޭނާ އަނެއްކާވެސް ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުނެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް




