މިހާރު ކުރަމުންދާ ވިއްސާރައިގައި އަވަށްޓެރި ސްރީ ލަންކާގައި މަރުވި މީހުންގެ އަދަދު 334 އަށް އަރައިފި އެވެ.
ލަންކާގެ ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރ (ޑީ.އެމް.ސީ) އިން ނެރެފައިވާ އެންމެ ފަހުގެ ހާލަތުގެ ރިޕޯޓުތަކަށް ބަލާއިރު، 334 ވުރެ ގިނަ މީހުން މަރުވެފައިވާއިރު، 370 މީހުން އަދިވެސް ގެއްލިގެން ހޯދަމުން އެބަދެއެވެ.
އެންމެ ގިނަ މީހުން މަރުވެފައިވާ ކަމަށް ރިޕޯޓުކުރެވިފައިވަނީ ކެންޑީ އިން 88 މީހުން މަރުވެފައިވާއިރު، ބަދުއްލާ އިން 71 މީހަކު މަރުވެފައިވެއެވެ.އަދި ނުވަރާ އެލިޔާ 68 މީހަކު މަރުވެފައިވާއިރ މާޓަލޭ އިން23 މީހުން މަރުވެފައިވެއެވެ.
ގެއްލިގެން ހޯދާ މީހުންގެ އެންމެ ގިނަ އަދަދުވެސް ރިކޯޑުކުރެވިފައިވަނީ ކެންޑީ ޑިސްޓްރިކްޓުންނެވެ. އެގޮތުން 150 މީހުން އެ ސަރަހައްދުން ގެއްލިގެން ހޯދަމުންދެއެވެ.
ޑީ.އެމް.ސީ. އިން ބުނިގޮތުގައި، މުޅި ގައުމުން ޖުމްލަ 309,607 އާއިލާގެ 1,118,929 މީހުންނަށް މިކަމުގެ އަސަރުކޮށްފައިވެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް




