މި އިސްލާހު މަޖިލިހަށް ހުށައެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެވެ. އެ ގާނޫނަށް އިސްލާހު ހުށަހެޅުއްވުމަށް ފަހު، ކުޑޫ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކޮންމެ ފަހަރަކު މީޑިއާތަކުގެ ފަލަ ސުރުހީއަށް ނޭރި ނަމަވެސް، މިސްކިތްތަކަށް ގެއްލުންދިނުން އާއްމުވެއްޖެކަމަށެވެ. މިއީ މިހާރުން މިހާރަށް ހުއްޓުވަން ޖެހޭކަމެއްކަމަށާއި އެގޮތުން ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނު އަށް އިޞްލާހު ގެނައުމަށް ހުށައަޅާފައިވާކަމަށް ކުޑޫ ވިދާޅުވިއެވެ.
ކުޑޫ ވިދާޅުވީ ރާއްޖޭގައި މިސްކިތްތަކަށް ގެއްލުންދިނުން ތަކުރާރުވަމުން ދާތީ އެއީ މިސްކިތްތަކުގެ ކަރާމާތަށް އުނިކަން ލިބޭނެ ފަދަ އަމަލެއް ކަމަށެވެ. މިސްކިތްތަކުގެ ކަރާމާތް ހިފެހެއްޓުމާއ އިސްލާމްދީނަށް ހުރުމަތްތެރިކޮށް ހިތުމުގެ ތެރެއިންވާ ކަމެއް ކަމުން މިއިސްލާހަކީ މުހިއްމު އިސްލާހެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ފަހަކަށް އައިސް މިސްކިތަކަަށް ގެއްލުންދިނުމާއި މިސްކިތްތައް ހަޑިކުރުމުގެ އިތުރުން މިސްކިތްތަކުން ވައްކަން ކުރުން ވެސް އަންނަނީ އިތުރު ވަމުންނެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް




