އައްޑޫ މަރަދޫ އިރުޝާދިއްޔާ ސްކޫލު ދަރިވަރުންނަށް 5 މިލިއަން ގަސް މަޝްރޫޢުގެ ދަށުން މައުލޫމާތު ދިނުމުގެ ޙަރަކާތެއް ހިންގައިފިއެވެ.
ރާއްޖޭގައި ކުރިއަށްދާ "5 މިލިއަން ގަސް އިންދުމުގެ ޤައުމީ މަޝްރޫޢު"ގެ ދަށުން، އައްޑޫ ސިޓީގެ މަރަދޫގައި ހުންނަ އިރުޝާދިއްޔާ ސްކޫލުގެ ދަރިވަރުންނަށް ޚާއްސަކޮށްގެން މައުލޫމާތު ދިނުމުގެ ޙަރަކާތެއް ވަނީ ހިންގާފައެވެ.
މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރމަންޓުން ބުނީ މި ޙަރަކާތުގެ މައިގަނޑު މަޤްސަދަކީ، ތިމާވެށި ރައްކާތެރިކުރުމުގެ މުހިންމުކަން ކުޑައިރުއްސުރެ ދަރިވަރުންގެ ހިތްތަކުގައި އަށަގަންނުވައި، ގަސްގަހާގެހީގެ ފައިދާތަކާ ބެހޭގޮތުން ހޭލުންތެރިކަން އިތުރުކުރުމެވެ. މި ޙަރަކާތުގައި، ގަސްގަހާގެހި ދިރާސާކުރުމާއި، އެ ތަކެތި ދިރިއުޅުމަށް ބޭނުންވާ މިންވަރާއި، އެ ތަކެތި ހިމާޔަތްކުރުމުގެ މުހިންމުކަމާ ބެހޭގޮތުން މައުލޫމާތު ޙިއްސާކުރެވުނެވެ.
މީގެ އިތުރުން، ސަރުކާރުން އިސްނަގައިގެން ކުރިއަށްގެންދާ 5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢުގެ މަޤްސަދުތަކާއި، މި މަޝްރޫޢުގެ ދަށުން ރާއްޖޭގެ އެކި ހިސާބުތަކުގައި ހިންގާ ހަރަކާތްތަކާއި، ދަރިވަރުންނަށް މި މަޝްރޫޢުގައި ބައިވެރިވެވޭނެ ގޮތްތަކާ ބެހޭގޮތުން ވެސް ތަފްސީލީ މައުލޫމާތު ދީފައިވެއެވެ. މިފަދަ ޙަރަކާތްތަކަކީ، މުސްތަޤްބަލުގެ ޖީލުތަކަށް ތިމާވެށީގެ ރައްކާތެރިކަމުގެ ރަނގަޅު އާދަތައް ދަސްކޮށްދިނުމަށް ވަރަށް މުހިންމު ކަމެކެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް




