ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އިން ފަރުވާ ހޯދާ މީހުންނަށް މަސްތުވާތަކެތިދީގެން ނަހަމަ ގުޅުން ހިންގާކަމުގެ ތުހުމަތުގައި ހައްޔަރުކުރި އެންޑީއޭ މުވައްޒަފު 15 ދުވަހަށް ބަންދުކުރަން އަމުރުކޮށްފި އެވެ.
މި މައްސަލާގައި އިއްޔެ ހައްޔަރުކުރީ، އެންޑީއޭގެ ޕިއާ މެންޓާގެ ވަޒީފާގައި ހުރި އުމުރުން 51 އަހަރުގެ މުހައްމަދު ފަސީހު، ފްލޮރިޑާ/ސ. ފޭދޫ އެވެ. ފުލުހުން މިރޭ ބުނީ، އޭނާގެ ބަންދަށް 15 ދުވަސް ޖަހާފައިވާ ކަމަށެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް




