މިދިޔަ ހަފުތާގައި މާލޭގައި 54 އެކްސިޑެންޓެއް ހިނގި ކަމަށް ރިޕޯޓުކޮށްފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ.
ފުލުހުން މިއަދު އާންމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން ނޮވެންބަރު 9 އިން 15 އަށް ހިނގި މި އެކްސިޑެންޓުތަކުގައި 8 މީހަކަށް އަނިޔާވެފައިވާއިރު، 43 އުޅަނދަކަށްވެސް ވަނީ ގެއްލުންވެފައެވެ. އަދި މީގެ ތެރެއިން 11 %20 އެކްސިޑެންޓު ހިނގާފައިވަނީ ދުވާލު ކަމަށްވާއިރު، %80 އެކްސިޑެންޓު ހިނގީ ރޭގަނޑުގެ ވަގުތުތަކުގައެވެ.
މީގެ އިތުރުން ފުލުހުން އާންމުކުރި މަޢުލޫމާތުން ދައްކާ ގޮތުގައި މި އެކްސިޑެންޓުތަކުގައި 3 މީހަކަށް ސީރިއަސް އަނިޔާތަކެއް ވެފައިވާއިރު، އެކްސިޑެންޓުތަކުގައި 51 ކުޑަކުއްޖަކުވެސް ހިމެނެއެވެ.
މިދިޔަ ހަފުތާގައި އެންމެ ގިނައިން އެކްސިޑެންޓު ހިނގާފައިވަނީ ސައިކަލާއި ކާރު ޖެހިގެންނެވެ.އަދި ދެ ސައިކަލު ޖެހިގެން ކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައެވެ.
ފުލުހުން ވަނީ މަގުމަތީގެ ބޭނުންކުރާ ފަރާތްތަކުން ޓްރެފިކް ގަވާއިދުތަކަށް ޢަމަލުކޮށް ޒިންމާދާރުވުމަށް އިލްތިމާސްކޮށްފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް




