މޯލްޑިވްސް 2.0ގެ ދަށުން އިމިގްރޭޝަންގެ ޚިދުމަތްތައް ޑިޖިޓަލައިޒްކޮށް ރަސްމީކޮށް އިފްތިތާޙުކޮށްފިއެވެ.
މޯލްޑިވްސް އިމިގްރޭޝަންގެ މަސައްކަތްތައް އިތުރަށް ހަރުދާނާކޮށް އެ އިދާރާއިން ފޯރުކޮށްދޭ ޚިދުމަތްތައް ޑިޖިޓަލައިޒްކޮށް އެހެން ހަރުފަތަކަށް ގެންދިޔުމަށް އަލަށް ޤާއިމްކުރެވުނު ޚިދުމަތްތައް ތައާރަފްކުރުމަށް ބާސެލޯ ނަސަންދުރައިގައި ވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތު ޝަރަފުވެރުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.
މި ރަސްމިއްޔާތުގައި މޯލްޑިވްސް އިމިގްރޭޝަންގެ އައު މޯބައިލް އެޕްލިކޭޝަނާއި ފޭޝަލް ރިކޮގްނިޝަން އެޕްލިކޭޝަން އަދި "އީ-ވިޒާ" ވަނީ ތަޢާރަފްކޮށްފައެވެ.
މޯލްޑިވްސް އިމިގްރޭޝަންގެ އައު މޯބައިލް އެޕްލިކޭޝަން އިފްތިތާހުކޮށްދެއްވީ ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން، ކޮމިޝަނަރ އޮފް ޕޮލިސް (ރޓ) އަޙްމަދު ފަޞީޙެއވެ. މި އެޕްލިކޭޝަނަކީ މޯލްޑިވްސް އިމގްރޭޝަނުން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ޒަމާނާ އެއްގޮތައް އެއްތަނަކުން ފަސޭހައިން ކޮންމެ މީހަކަށްވެސް ބޭނުން ކުރެވޭނެހެން ފަރުމާކޮށްފައިވާ އެޕްލިކޭޝަނެކެވެ.
President Dr @MMuizzu attends the inauguration of the @ImmigrationMV digitalisation project, a key component of the Maldives 2.0 initiative. This modernisation effort aims to deliver simpler, smarter, and faster immigration services, significantly enhancing efficiency and public… pic.twitter.com/6RkU4leocw
— The President's Office (@presidencymv) November 10, 2025
ފޭޝަލް ރިކޮގްނިޝަން އެޕްލިކޭޝަން "އެމް އައިޑީ ޗެކަރ" އިފްތިތާހުކޮށްދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާނެވެ.
މި ރަސްމިއްޔާތުގައި އިމިގްރޭޝަނުން މުޅިން އަލަށް ތަޢާރަފުކުރާ "އީ-ވިޒާ" ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.
ރާއްޖޭގައި ދިރިއުޅޭ ބިދޭސީނަށް ދޫކުރާ ހުއްދަ ނުވަތަ ވިޒާގެ ކަންކަން ކުރުމަށް މީގެ ކުރިން ވަރަށް ގިނަ ވަގުތު ނަގައެވެ. އެހެންނަމަވެސް އަލަށް ތަޢާރަފްކުރި "އީ-ވިޒާ" ގެ ޚިދުމަތާއެކު ވިޒާގެ ކަންކަން ކުރުމަށް މީގެ ކުރިން އިމިގްރޭޝަނަށް ދާން ޖެހޭ ޖެހުން ނިމުމަކަށް އައިސް، ފަސޭހަކަމާއެކު އޮންލައިންކޮށް ވިޒާގެ އެންމެހާ ކަންކަން ކުރެވިގެންދާނެއެވެ.
މި ރަސްމިއްޔާތުގައި މޯލްޑިވްސް އިމިގްރޭޝަން ގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއަށް ވަނީ ޚާއްސަ ހަނދާނީ ފިލައެއްވެސް އަރުވާފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް




