ގދ. ގައްދޫގައި 30 އެނދުގެ ހޮސްޕިޓަލެއް އިމާރާތް ކުރުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، (އެމްޓީސީސީ)އާ ހަވާލުކޮށްފިއެވެ.
މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި އެ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ، ސްޓޭޓް މިނިސްޓަރ އަޙުމަދު ގާސިމެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަޙްމަދު ސަޢުދީއެވެ.
ހެލްތު މިނިސްޓްރީން ބުނީ ގައްދޫގައި އިމާރާތް ކުރާ 30 އެނދުގެ ހޮސްޕިޓަލާއެކު ސާވިސް ބިލްޑިންއަކާއި، 2 ބުރީގެ އެކޮމޮޑޭޝަން ބްލޮކެއް އިމާރާތް ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އަދި މި ހޮސްޕިޓަލުގެ އައު އިމާރާތުގައި އައިސޮލޭޝަން ފެސިލިޓީއާއި، ފްލޫ ކްލިނިކެއްގެ އިތުރުން އެކްސްރޭގެ ޚިދުމަތްތައްވެސް ޤާއިމުކުރާނެ ކަމަށާއި، މިއީ، ޒަމާނީ ފެންވަރަށް ތަރައްޤީކުރާ ޖާގަ ތަނަވަސް ހޮސްޕިޓަލް އިމާރާތެއް ކަމަށްވެސް އެ ވުޒާރާއިން ވިދާޅުވިއެވެ.
މި މަޝްރޫއުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ، 600 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. 101.7 މިލިޔަން ރުފިޔާގެ މި މަޝްރޫޢުގެ ދަށުން ހޮސްޕިޓަލް އިމާރާތް ތަރައްޤީ ކުރުމަށް ހަމަޖެހިފައިވަނީ 2 ބުރިއަށް ކަމަށް މިމަޝްރޫޢުގެ މަސައްކަތް ހަވާލުކުރި ކުންފުނި، އެމްޓީސީސީން ވިދާޅުވިއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް




