މިމަހުގެ މިހާތަނަށް 87 އުޅަނދު ޓޯކޮށް، 100އަށްވުރެ ގިނަ މީހުން ޖޫރިމަނާކޮށްފި އެވެ.
މަގުތަކުގައި އާންމު ދަތުރު ފަތުރަށާއި ހިނގާބިގާވެ އުޅުމަށް ދަތިވާގޮތަށް ޕާކްކޮށްފައި ހުންނަ އުޅަނދުތައް ޓޯކުރުމަށް ކުރާ މަސައްކަތުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކޮށް، ފުލުހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި އިއްޔެގެ ނިޔަލަށް 87 އުޅަނދެއް ޖޫރިމަނާކޮށް، 128 މީހަކު ވަނީ ޖޫރިމަނާކޮށްފަ އެވެ.
ޓޯކުރި އުޅަނދުތަކުގެ ތެރޭގައި ހިމެނެނީ، 84 ސައިކަލާއި ތިން ކާރެވެ. އަދި، ޖޫރިމަނާކުރީ، 98 ސައިކަލާއި 30 ކާރެވެ. އެގޮތުން މިދިޔަ 48 ގަޑިއިރުތެރޭ އެކަނިވެސް 47 ކާރު ޓޯކޮށް، 18 މީހަކު ޖޫރިމަނާކޮށްފައިވެ އެވެ.
މި ތަފާސްހިސާބުތަކުން ދައްކާގޮތުގައި އެންމެ ގިނައިން އުޅަނދު ޓޯކޮށްފައިވަނީ ގަވާއިދާ ހިލާފަށް ޕާކުކޮށްގެންނެވެ. ދެވަނައަށް އެންމެ ގިނައިން ޓޯކޮށްފައިވަނީ ލައިސެންސް ނެތި ދުއްވައިގެންނެވެ. އެގޮތުން އިއްޔެ އެކަނި ވެސް ގަވާއިދާ ހިލާފަށް ޕާކުކޮށްގެން 36 ސައިކަލު ޓޯކުރި އެވެ. އަދި، ލައިސެންސްނެތި ދުއްވައިގެން އަށް ސައިކަލު ޓޯކުރި އެވެ. މީގެ އިތުރުން ނުރައްކާތެރިކޮށް ދުއްވައިގެން ވެސް ބައެއް އުޅަނދުތައް ޓޯކޮށްފައިވެ އެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް




