މާލޭ ގެއެއްގެ ސިޑިގޮޅިއަށް ވެއްޓި ބިދޭސީއަކު ނިޔާވެއްޖެއެވެ.
ފުލުހުން ހާމަކުރި ގޮތުގައި މާލޭ މާފަންނުގައި ހުންނަ ގެއެއްގެ ހަ ވަނަ ފަންގިފިލާއިން އެގޭ ސިޑިގޮޅިއަށް މީހަކު ވެއްޓިފައިވާކަމުގެ މަޢުލޫމާތު ލިބިފައިވަނީ މިއަދު 18:29 ހާއިރު އެވެ. އަދި އެ މީހާ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން މަޢުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި ހާދިސާގައި ނިޔާވެފައިވަނީ ބަންގްލަދޭޝަށް ނިސްބަތްވާ ރޮއްޓަން (47 އ) އެވެ.
ފުލުހުން ބުނީ މި މައްސަލަ ތަހުޤީޤު ކުރަމުންދާ ކަމަށެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް




