އެމްޕީއެލް ބަނދަރު ސަރަހައްދުން ކޮޅުވެއްޓިއެއް ބަންޑުން ޖަހާލި ހާދިސާގައި ބޮޑެތި އަނިޔާތަކެއް ލިބިގެން ފަރުވާދެމުންދިޔަ ދިވެއްސަކު މަރުވެއްޖެ އެވެ.
އައިޖީއެމްއެޗްގައި ފަރުވާދެމުންދަނިކޮށް ރޭ މަރުވެފައިވަނީ އުމުުރުން 25 އަހަރުގެ އަލީ އަފްލާހު އަބްދުﷲ، ދިލްބަހާރުގެ/ގއ. ގެމަނަފުށި އެވެ.
މި ކޮޅުވެއްޓި ބަންޑުން ޖަހާލާފައިވަނީ އިއްޔެ 3:44 ހާއިރު އެވެ. މި ހާދިސާގައި އަނިޔާވެގެން ހަ މީހަކު އިއްޔެ އައިޖީއެމްއެޗަށް ގެންގޮސް ފަރުވާދީފައިވެ އެވެ. އެކަމަކު އެ އެންމެން މިހާރު ވަނީ ދޫކޮށްލާފަ އެވެ.
މި ހާދިސާގައި އިއްޔެ ވަނީ ބިދޭސީއަކު ވެސް މަރުވެފަ އެވެ. އިއްޔެ މަރުވީ، ބަންގްލަދޭޝް އަށް ނިސްބަތްވާ މަސްއޫދު ހުސެން، 32، އެވެ. އޭނާ ވެސް މަރުވީ އައިޖީއެމްއެޗްގައި ފަރުވާދެމުން ދަނިކޮށެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް




