ކޮރެއާ އިންޓަރނޭޝަނަލް ކޯޕަރޭޝަން އޭޖަންސީ (ކޮއިކާ) ސްކޮލަރޝިޕް ފެލޯޝިޕް ޕްރޮގްރާމް 2026 އަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން ކުރި އިޢުލާނެއްގައި ބުނެފައިވާ ގޮތުން މި ޕްރޮގްރާމްގެ ދަށުން ކޮރެއާގެ ޔުނިވަރސިޓީތަކުން ފަސް ދާއިރާއަކުން މާސްޓަރސް ޑިގްރީ ހާސިލުކުރުމުގެ ފުރުޞަތު ވަނީ ހުޅުވާލައިފައެވެ.
ކިޔެވުމަށް ހުޅުވާލާފައިވާ ކޯސްތަކާއި ޔުނިވަރސިޓީތައް:
މާރސްޓަރސް ޑިގްރީ ޕްރޮގްރާމް އިން ޖެންޑަރ އީކުއަލިޓީ - އެވްހާ ވޮމެންސް ޔުނިވާރސިޓީ
މާސްޓަރސް ޑިގްރީ ޕްރޮގްރާމް އިން ސްމާރޓް ސިޓީ މެނޭޖްމަންޓް އެންޑް ޓެކްނޮލޮޖީ - ހަންޔަންގ ޔުނިވާރސިޓީ
މާސްޓަރސް ޑިގްރީ ޕްރޮގްރާމް އިން ގްލޯބަލް އެޑިއުކޭޝަން ލީޑަރޝިޕް - ކޮރެއާ ނެޝަނަލް ޔުނިވާރސިޓީ އޮފް އެޑިއުކޭޝަން
މާސްޓަރސް ޑިގްރީ ޕްރޮގްރާމް އިން ޓެކްސް އެން ފީސަލް ޕޮލިސީ - ކޮރެއާ ޔުނިވާރސިޓީ
މާސްޓަރސް ޑިގްރީ އިން ޕަބްލިކް މެނޭޖްމަންޓް އެންޑް އެޑްމިނިސްޓްރޭޓިވް ރިފޯރމް - ސެއޯލް ނެޝަނަލް ނުނިވާރސިޓީ
މި ސްކޮލަރޝިޕަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ފުރިހަމަވާންޖެހޭ ޝަރުތުތަކުގެ ތެރޭގައި ހުށަހަޅާ ކޯހަކާއި ގުޅޭ ދާއިރާއަކުން ބެޗްލަރސް ޑިގްރީ ޙާޞިލްކޮށްފައިވުމާއި، 1 އެޕްރިލް 2026 އަށް 35 އަހަރު ނުވުން އަދި TOEFL އިން 570 އިން މަތި ލިބިފައިވުން ނުވަތަ IELTS އިން އޯވަރރޯލް ސްކޯރ މަދުވެގެން 6.0 ލިބިފައިވުން، ނުވަތަ ކޯހާއި ގުޅޭގޮތުން އަޕްލޯޑްކުރެވިފައިވާ ޔުނިވަރސިޓީގެ އިންފޮމޭޝަން ޝީޓްގައި ބަޔާންކޮށްފައިވާ އިނގިރޭސި ރިކުއަރމަންޓް ހަމަވުން ހިމެނެއެވެ.
މީގެ އިތުރުން މަތީ ތަޢުލީމާ ބެހޭ ވުޒާރާއިން ޝާއިޢުކޮށްފައިވާ ގައިޑްލައިން އަދި ޔުނިވަރސިޓީގެ ވެބްސައިޓްގައި އިތުރު ޝަރުތެއްވާނަމަ އެޝަރުތު ފުރިހަމަވާންވާނެއެވެ.
މި ސްކޮލަރޝިޕަށް އެޕްލައިކުރާ ކެންޑިޑޭޓުންގެ ތެރެއިން ކޮންމެ ޕްރޮގްރާމަކަށް 4 ކެންޑިޑޭޓުން ނޮމިނޭޓް ކުރެވޭނެ ކަމަށާއި، އެކެންޑިޑޭޓުންގެ އެޕްލިކޭޝަންތައް ކަމާބެހޭ ފަރާތަށް ހުށަހެޅޭނެ ކަމަށާއި، މިސްކޮލަރޝިޕްގެ ފައިނަލް ސިލެކްޝަން ހައްދަވާނީ ސްކޮލަރޝިޕް އިންތިޒާމްކުރައްވާ ފަރާތުން ކަމަށް މަތީ ތަޢުލީމާ ބެހޭ ވުޒާރާއިން ބުނެއެވެ.
މި ސްކޮލަރޝިޕަށް ޝައުޤުވެރިވާ ފަރާތްތަކުން 17 ނޮވެމްބަރ 2025 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން އޮންލައިން އެޕްލިކޭޝަން ހުށަހެޅުމަށްފަހު، 18 ނޮވެމްބަރ 2025 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން ޑޮކިއުމެންޓް ތަކުގެ ހާރޑް ކޮޕީ ހުށަހަޅަންވާނެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް




