ވަކި އުމުރަކަށްވުރެ ހަގު އެންމެނަށް ދުންފަތުގެ ބާވަތްތައް މަަނާކުރުމަށް ނިންމި ނިންމުމަކީ ކުރިއަށް އަންނާން ތިބި ޖީލުތަކުގެ ދުޅަހެޔޮކަމަށް ކުރެވޭ ބޮޑު އިންވެސްޓުމެންޓެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަބިކަނބަލުން ސާޖިދާ މުޙާއްމަދު ވިދާޅުވެއްޖެއެވެ.
މިއަދުން ފެށިގެން ޖެނެރޭޝަނަލް ބޭންއަށް އަމަލުކުރަން ފެށުމާއި ގުޅިގެން ، އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ ވިދާޅުވީ މިއަދު އެޅިގެންދާ ފިޔަވަޅަކީ ދުންފަތުން ސަލާމަތްވެފައިވާ ރާއްޖެއަކަށް ވާސިލުވުމަށް އެޅިގެންދާ ތާރީހީ ފިޔަވަޅެއް ކަމަށެވެ. ދުންފަތުގެ ބާވަތްތައް ޖެެނަރޭޝަނަަލް ބޭންއެއް ތަންފީޒުކުރީތީ، ސިއްހީ ދާއިރާގެ ރަނގަޅު ފިޔަވަޅުތަކަށް ވަކާލާތުކުރައްވާ ބޭފުޅެއްގެ ހައިސިއްޔަތުން ސާޖިދާވަނީ ސަރުކާރުގެ ނިންމުމަށް މަރުހަަބާ ވިދާޅުވެފައެވެ.
ސާޖިދާ ފާހަގަކުރެއްވި ގޮތުގައި ޖެނެރޭޝަަނަލް ބޭންއަކީ އަންނާން ހުރި ޖީލުތަކުގެ ދުޅަހެޔޮކަން ކަށަވަރުކުރުމުގެ ގޮތުގައި އެޅުނު މުހިއްމު ފިޔަވަޅެކެވެ. އަދި މި ފިޔަވަޅަކީ ހެކީގެ މައްޗަށް ބިނާކޮށް އެޅިގެންދާ ވަރުގަދަ ފިޔަަވަޅެއް ކަމުގައި ސާޖިދާ ވިދާޅުވިއެވެ.
Today we take a historic step towards a tobacco-free Maldives. As a healthcare advocate, I applaud the Government’s leadership in launching the Generational Ban on Tobacco, a powerful investment in the wellbeing of generations to come. This is a bold, evidence-based step to break…
— First Lady Sajidha Mohamed (@sajidhaamohamed) November 1, 2025
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމަށް ސަރުކާރުން ހުށަހަޅައިގެން ދުންފަތާ ބެހޭ ގާނޫނަށް ރައްޔިތުންގެ މަޖިލީހުން ގެނައި އިސްލާހުގެ ދަށުން މިއަދުން ފެށިގެން 2007 ވަނަ އަހަރުގެ ޖަނަވަރީ އެއްވަނަ ދުވަހު އަދި އޭގެ ފަހުން އުފަންވި އެންމެނަށް ދުންފަތް ބޭނުންކުރުމާއި އޭގެ މުއާމަލާތްކުރުން މަނާވާނެއެވެ.
އެކަމަނާ ސިފަކުރެއްވި ގޮތުގައި ސަރުކާރުން މިއަދު ޖެނެރޭޝަނަލް ބޭން ތަންފީޒުކުރަން ފެށުމަކީ ރާއްޖެއަށް މުހިއްމު ތާރީހީ ހިނދުކޮޅެކެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް




