"ޓޮބޭކޯ ޖެނެރޭޝަނަލް ބޭން ޓޯޗް ރަން"ގެ ނަމުގައި 24 ގަޑިއިރަށް ކުރިއަށް ގެންދާ ދުވުން މިއަދު ފަށައިފި އެވެ.
މި ދުވުން ފައްޓަވާދެއްވީ ހެލްތު މިނިސްޓަރު ޢަބްދުالله ނާޒިމް އިބްރާހީމް އެވެ. މިއަދު ހަވީރު 4 ޖެހިއިރު ފެށި މި ދުވުން މަދާމާ ހަވީރު ހަތަރެއްގެ 4 ޖެހުމާ ހަމަޔަށް ކުރިއަށް ގެންދާނެ އެވެ. މިދުވުމަގައި ސަރުކާރުގެ އިދާރާތަކާއި، ކުންފުނިތަކާ ޖަމިއްޔާ ޖަމާތްތަކުގެ އިތުރުން އާންމުންނަށް ވެސް ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ.
ހެލްތު މިނިސްޓްރީ އަދި ސްޕޯޓްސް މިނިސްޓްރީގެ އިސްނެގުމާއެކު ކުރިއަށް ގެންދާ މި ރަން ކުރިއަށްދަނީ އެކުވެނީ ޓްރެކްގަ އެވެ. މާލެ އެކޭ އެއްފަދައިން އަތޮޅުތަކުގައިވެސް ސިއްހީ ހިދުމަތްތެރިންގެ އިސްނެގުމާއެކު ރަންގައި ބައިވެރިވެ ޖެނެރޭޝަނަލް ބޭން އައި ގުޅުން ހުރި ގިނަ ހަރަކާތްތަކެއް ދަނީ ކުރިއަށް ގެންދަމުންނެވެ.
މޯލްޑިވްސް ހެލްތު ސްޓެޓިސްޓިކްސް 2022އަށް ބަލާއިރު ރާއްޖޭގައި އެންމެގިނައިން މީހުން ބަލި މަޑުކަމާއި ނުކުޅެދުންތެރި ކަމަށް ހުށަހެޅޭ އަދި މަރުވާ އެއް ސަބަބަކީވެސް ދުންފަތާއި ގުޅުން ހުރި ގައިންގަޔަށްނާރާ ބަލިތަކެވެ. ހިތުގެ ބައްޔާއި، ސްޓްރޯކާއި، ފުއްޕާމޭގެ ބަލިތަކާއި، ހަކުރު ބައްޔާއި ކެންސަރު ބައްޔަށް ހުށަހެޅޭ އާއްމު އެއް ހިރާސް އަކީ ދުންފަތުގެ އިސްތިޢުމާލު ކުރުމާއި ދުންފަތުގެ ދުމަށް ހުށްހެޅުމެވެ. ރާއްޖޭގައި އަހަރެއްގެ މައްޗަށް މަރުވާ މީހުންގެ ގާތްގަނޑަކަށް %84 މީހުންނަކީ މިފަދަ ބަލިތަށް ޖެހިގެން މަރުވާ މީހުންނެވެ.
ގައިންގަޔަށް ނާރާބަލިތަކުގެ ހިރާސްތަކަށް ހުށްހެޅޭ ނިޞްބަތް ދެނެގަތުމަށް 2020-2021 ގައި ކުރި ސްޓެޕްސް ސަރވޭގެ ނަތީޖާ ދައްކާގޮތުން، ރާއްޖޭގެ ކޮންމެ 4 މީހަކުން 1 އަކީ ދުންފަތުގެ އިސްތިޢުމާލުކުރާ މީހެކެވެ. ސްކޫލް އުމުރުފުރައިގެ ކުދިންގެ ގާތްގަނޑަކަށް %45 ކުދިން ދުންފަތުގެ ނުވަތަ ނިކޮޓިން ގެ ކޮންމެވެސް ބާވަތެއް ބޭނުންކުރާކަމަށް 2019 ގައި ހެދި ގްލޯބަލް ޔޫތު ޓޮބޭކޯ ސަރވޭ އިން ވަނީ ފާހަގަ ކުރެވިފައެވެ. އަދި އުމުރުން އަށް އަހަރުގެ ކުދިންވެސް ދުންފަތުގެ އިސްތިޢުމާލުކުރަން ފަށާކަން ވަނީ ފާހަގަ ކުރެވިފަ އެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް




