ބިންވެރިޔާ ސްކީމުގެ ދަށުން ގުޅިފަޅުން ގޯތި ލިބުނު 2000އަށް ވުރެ ގިނަ މީހުންނަށް ގޯތީގެ ރަޖިސްޓްރީ ހަވާލުކޮށްފި އެވެ.
ހައުސިން މިނިސްޓްރީން މިއަދު ބުނިގޮތުގައި މިހާތަނަށް ޖުމްލަ 2032 ފަރާތަކަށް ގޯތީގެ ރަޖިސްޓްރީ ވަނީ ހަވާލުކޮށްފަ އެވެ. ގުޅިފަޅުން ގޯތި ލިބުނު ފަރާތްތަކަށް މިދިޔަ ޖުލައި މަސްތެެރޭ އަލުން ގޯތީގެ ރަޖިސްޓްރީ ދޫކުރަން ފެށީ، އެތަނުގެ ލޭންޑް ޔޫސް ޕްލޭނަށް ގެނައި ބަދަލާއެކު، ގޯތީގެ ޕްލޮޓް ކަނޑައެޅުމަށް އަލުން ގުރުއަތު ނަގާފައިވާތީ އެވެ. ގުޅިފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް މި ސަރުކާރުން ބަދަލުގެނައީ، ކުރީގެ ސަރުކާރުން އެކުލަވާލާފައި އޮތް އެ ޕްލޭންގައި އާންމު ހިދުމަތްތަކަށް އެކަށީގެންވާ ޖާގަނެތުމުންނެވެ.
ގުޅިފަޅުން ދޭން ނިންމާފައިވަނީ 2438 ގޯއްޗެވެ. އަދި ގިރާވަރު ފަޅުން 5187 ގޯތި ދިނުމަށް ނިންމާފައިވެ އެވެ. ގިރާވަރު ފަޅުން ގޯތި ލިބުނު މީހުންގެ ތެރެއިން 1347 މީހެއްގެ ގޯތި ގުޅިފަޅަށް ބަދަލުކޮށްދޭން ވެސް ސަރުކާރުން ވަނީ ނިންމާފަ އެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް



 
    


