2026 ވަނަ އަހަރުގެ ޖަނަވަރީ މަހުން ފެށިގެން ތެލަސީމިއާ ޕޭޝަންޓުންނަށް ދޭ އެލަވަންސް ތަޢާރަފުކުރައްވާނޭކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ހައްދުންމަތީގައި މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އެ އަތޮޅު ގަމު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.
އަދި ރާއްޖޭގައި މުޅިން އަލަށް ތަޢާރަފުކުރާ، ތެލަސީމިއާ ޕޭޝަންޓުންނަށް ދޭ އެލަވަންސްގެ ގޮތުގައި، ތެލަސީމިއާ ބަލީގެ ކޮންމެ ޕޭޝަންޓަކަށް 1000 ރުފިޔާގެ މަގުން، ޖުމުލަ 11.7 މިލިޔަން ރުފިޔާ ބަޖެޓުގައި ހިމަނުއްވާފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރޭ ރައީސް ވަނީ އެކަނިވެރި މައިންނަށް ދޭ އެލަވަންސްވ ބޮޑުކުރައްވަން ނިނމަވާފައިވާ ކަން އިއުލާންކުރައްވާފައެވެ.
އޯގާތެރި މުޖުތަމަޢެއް ބިނާކުރުރެއްވުމަށް މަގުފަހިކުރެއްވުމަށްޓަކައި، މީގެ ކުރިން ސަރުކާރުން ހަވާސާކޮށްފައިވާ ދާއިރާތަކަށް ޚާއްޞަ އިސްކަމެއް ދެއްވުމުގެ ގޮތުން، ތެލަސީމިއާ ޕޭޝަންޓުންނަށް ޚާއްޞަ އެލަވަންސެއް ތަޢާރަފުކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުފުޅެކެވެ. އަދި އެކަނިވެރި މައިންނާއި އެކަނިވެރި ބަފައިންނަށް، ދަރީންގެ ތަރުބިއްޔަތަށްޓަކައި ދޭ މިންވަރު، ޖުމުލަ 12،000 ރުފިޔާ އާ ހަމައަށް، ކޮންމެ ދަރިއަކަށް 3000 ރުފިޔާގެ މަގުން އިތުރުކުރެއްވުމަކީ، އެމަނިކުފާނުގެ މެނިފެސްޓޯގައި ހިމަނުއްވާފައިވާ މުހިންމު ފިޔަވަޅެކެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް




