ކ. ހުރާގެ ވަކި ސަރަހައްދެއް ފުޓްސެކިއުރީއަށް ޚާއްސަ ކުރުމާއި ގުޅޭގޮތުން އެރަށުގެ ކައުންސިލާއި، ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއާއެކު މަޝްވަރާ ކޮށްފިއެވެ.
ހޯމަ ދުވަހު ކުރިއަށްގެންދިޔަ މި ބައްދަލުވުމުގައި ހުރާގައި ފުޑް ސެކިއުރިޓީއަށް ވަކި ސަރަހައްދެއް ގާއިމްކުރުމަކީ، އެރަށު ކައުންސިލުންވެސް ޝައުގުވެރިކަން ހުރިކަމެއް ކަމަށާއި، އެކަމަށް ދެވޭނެ ހުރިހާ އެއްބާރުލުމެއް ކައުންސިލްގެ ފަރާތުން މި ވުޒާރާއަށް ދެއްވާނެކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ. އެގޮތުން އެރަށުން އެކަމަށް ބިމެއް ކަނޑައަޅުއްވާ، ވަރަށް އަވަހަށް ވުޒާރާއަށް ދިނުމުގެ ހުއްދަތަކަށް ކަމާ ގުޅުން ހުރި އިދާރާތަކަށް ހުށަހަޅާނެކަމަށް ވިދާޅިވިއެވެ.
މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ވަޒީރު ޑރ. މަރިޔަމް މާރިޔާ ވަނީ ފުޑްސެކިއުރިޓީއަށް އަދުގެ ސަރުކާރުން ނުހަނު އިސްކަން ދެއްވާކަން ފާހަގަކުރައްވައިފައެވެ.
އެގޮތުން އެކަމަނާ ވިދާޅުވީ ސަރުކާރުގެ ކަމާއި ގުޅުންހުރި ހުރިހާ އިދާރާއަކުންވެސް، އެކަމަށް ބޭނުންވާ ހުއްދަތަކާއި، އެހެނިހެން ކަންކަން ހަމަޖެއްސައިދެއްވުމުގައި އިހުނަަށްވުރެ އިސްކަންދެއްވަވާ، ކަންކަން އަވަސްކޮށްދެއްވާ ކަމަށެވެ. އަދި މާލެ ސަރަހައްދުގައި މިފަދަ ބިމެއް ޚާއްސަވެފައި އޮތުމަކީ ރައްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށާއި އިޤްތިޞާދަށް މަންފާ ކުރާނެ ކަމެއްކަން ފާހަގަ ކުރައްވާފައިވެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް




