އިންސާނީ އެހީ ފޯރުކޮށްދިނުމަށް މިހާރު ފަލަސްތީނަށް ދަތުރުކުރަމުން އަންނަ ސުމޫދު ފްލޮޓިލާގެ ބޯޓެއް ގައްޒާގެ ކަނޑުގެ ސަރަހައްދަށް ވަދެއްޖެ އެވެ.
މިހާތަނަށް އިޒްރޭލުން ސުމޫދު ފްލޮޓިލާގެ 44 ބޯޓުގެ ތެރެއިން 23 ބޯޓު އަދިވެސް ދަނީ ގައްޒާ މިސްރާބަށް ދަތުރުކުރަމުންނެވެ.
ގައްޒާ އާއި އެންމެ ކައިރިއަށް މިހާތަނަށް ދަތުރުކުރެވިފައިވާ މިކެނޯ ނަމަކަށް ކިޔާ ބޯޓު ލައިވް މެޕުން ދައްކާ ގޮތުގައި މިހާރު އެބޯޓު އޮތީ ގައްޒާއާއި 9 މޭލު ނުވަތަ 2 ގަޑިއިރެއްހާ ދުރުމިނެއްގަ އެވެ.
ރަހީނުކުރި މީހުންގެ ތެރޭގައި މި ފްލޮޓިލާގެ ބޯޓުތަކުގައި ދަތުރުކުރި ބައެއް ފާހަގަކޮށްލެވޭ އެކްޓިވިސްޓުން ކަމަށްވާ ނެލްސަން މަންޑޭލާގެ ކާފަދަރި މަންޑްލަ މަންޑޭލާ އަދި ގްރޭޓާ ތުންބާގް ހިމެނެއެވެ.
މިއީ މިދިޔަ ހަ މަސް ތެރޭ ގައްޒާއަށް އެހީ ފޯރުކޮށްދިނުމަށް މަސައްކަތް ކުރަނިކޮށް ގްރެޓާ ހައްޔަރުކުރި ދެވަނަ ފަހަރެވެ.
މިހާތަނަށް 21 ބޯޓު ހުއްޓުވައި އޭގެ ތިބި މީހުން އިޒްރޭލުން ވަނީ ރަހީނުކޮށްފަވެއެވެ. ބައިނަލްއަގުވާމީ ކަނޑުތަކުން މަދަނީ އެހީ ފޯރުކޮށްދޭ ބަޔަކު ރަހީނުކޮށްފަ ވާއިރު ކުށްވެރިކުރުން ނޫންކަމެއް އަދި މިހާތަނަށް އެހެން ގައުމުތަކުން ކޮށްފައެއް ނުވެއެވެ.
މި ފްލޮޓިލާގައި 40 އަށްވުރެ ގިނަ ބޯޓުގައި 44 ގައުމަކުން 500 އަށްވުރެ ގިނަ އެކްޓިވިސްޓުން ދަތުރު ކުރެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް




