ނޫސްވެެރިކަމުގެ މިނިވަންކަން ރާއްޖޭގައި ދަމަހައްޓާފައިވާކަން ދުނިޔޭގެ ނުފޫޒުގަދަ މީޑިއާތަކުންވެސް ބަލައިގެންފިކަމަށް މަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ އެމަނިކުފާނުގެ އެކްސް އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެގޮތުން، "ޑެއިލީ މިރާ" ނަމަކަށް ކިޔާ ބޭރުގެ މީޑިއާއަކުން، ރާއްޖޭގައި މީޑިއާ ރެގިއުލޭޝަން ޤާނޫނު ތަސްދީޤުކުރުމާ ގުޅިގެން އެ ޚަބަރު ޝާއިއުކޮށްފައިވާތަން ވަޒީރު ވަނީ ހިއްސާކޮށްފައެވެ.
ވަޒީރު ވިދާޅުވީ، ޤާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ނޫސްވެރިކަމުގެ މިނިވަންކަން ދިވެހިރާއްޖޭގައި ދަމަހައްޓައި، އެ ދާއިރާ ކުރިއަރުވައި ހަރުދަނާކުރުމަށް ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ކުރަމުންދާ މަސައްކަތް ދުނިޔޭގެ ނުފޫޒުގަދަ މީޑިއާތަކުންވެސް މިއަދު މިވަނީ ބަލައިގަނެފައި ކަމަށެވެ.
"މިކަމުން އެނގިހާމަވެގެން މިދަނީ ރައީސް ޑރ. މުޢިއްޒުއަކީ އަކީ ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއަޅުއްވާނެ ބޭފުޅެއް ނޫންކަން." ވަޒީރު ވިދާޅުވެފައިވެއެވެ.
ޤާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ނޫސްވެރިކަމުގެ މިނިވަންކަން ދިވެހިރާއްޖޭގައި ދަމަހައްޓައި، އެ ދާއިރާ ކުރިއަރުވައި ހަރުދަނާކުރުމަށް ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ކުރަމުންދާ މަސައްކަތް ދުނިޔޭގެ ނުފޫޒުގަދަ މީޑިއާތަކުންވެސް މިއަދު މިވަނީ ބަލައިގަނެފައި. މިކަމުން… https://t.co/vHEiA4gmow
— Ahmed Shiyam (@Shiyamaldives) September 24, 2025
އަދި މިއީ، ރާއްޖޭގައި ޒިންމާދާރު މިނިވަން ނޫސްވެރިކަން ކުރިއަރުވައި ތަރައްޤީކުރުމަށް އެމަނިކުފާނު ގެންގުޅުއްވަނީ ފުރިހަމަ ސިޔާސަތުތަކެއްކަން ދައްކުވައިދޭ އަލިގަދަ ހެއްކެއްކަމަށްވެސް ވަޒީރު ފާހަގަކުރައްވާފައިވެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް




