ސަޢުދީ ޢަރަބިއްޔާގެ ބޮޑެތި ދަންނަބޭކަލުންގެ މަޖިލީހުގެ ރައީސް އަދި އެ ޤައުމުގެ އެންމެ މަތީ މުފްތީ، ސަމާޙަތުއްޝައިޚް ޢަބްދުލްޢަޒީޒު ބިން ޢަބްދުﷲ އާލް ޝައިޚް އަވަހާރަވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްްޔާ ވަނީ ޝައިޚު ޢަބްދުލްޢަޒީޒު ބިން ޢަބްދު ﷲ އާލު ޝައިޚުގެ ފުރާނަފުޅަށް ހެޔޮ ރަޙްމަތް ލެއްވުން އެދި ދުޢާ ކުރައްވާފަ އެވެ.
އަދި ހިތާމައިގެ މި ދަނޑިވަޅުގައި ދެ ހަރަމްފުޅުގެ ޚާދިމް, ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް-ސަޢޫދާއި، ސަޢޫދީ ޢަރަބިއްޔާގެ ވަލީއަހުދާއި ބޮޑުވަޒީރު، މުޙައްމަދު ބިން ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް ސަޢޫދާއި ޝެއިޚްގެ އާއިލާއާ އެ ޤައުމުގެ ރައްޔިތުންނަށް ވަނީ ތައުޒިޔާ ދަންނަވާފަ އެވެ.
ޝެއިޚްގެ ވަކިވެވަޑައިގަތުން ރައީސް ސިފަ ކުރެއްވީ އިސްލާމީ އުންމަތަށް ނަސޭހަތްތެރިވެވަޑައިގަންނަވަމުން ގެންދެވި ޢާލިމަކު ވަކިވެވަޑައިގަތުމެެއްގެ ގޮތުގަ އެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް




