އިންޑިއާގެ ކާގޯ ބޯޓަކުން ވިލިމާލެ ކައިރިން ކަނޑަށް ވެއްޓުނު މީހަކު ހޯދަން އެމްއެންޑީއެފްއިން ފަށައިފިއެވެ.
އެމްއެންޑީއެފުން ވިދާޅުވީ އެމީހާ ވެއްޓުނީ ވިލިމާލެއާ ދިމާލު ބޭރުގައި އޮތް އިންޑިއާގެ ކާގޯ ބޯޓެއް ކަމަށްވާ "އެމްއެސްވީ ޑައުލާ" އިން ކަމަށެވެ. ވެއްޓިފައިވަނީ އިންޑިއާގެ ރައްޔިތެއް ކަމަށާއި އޭނާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން ކުރަމުން އަންނަ ކަމަށްވެސް ވިދާޅުވިއެވެ.
މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފްއަށް ލިބިފައިވަނީ ރޭ 23:35 ހާއިރު ކަމަށް ވިދާޅުވިއެވެ.
ވިލިމާލެއާ ދިމާލު ބޭރުގައި އޮތް އިންޑިއާގެ ކާގޯ ބޯޓު "އެމްއެސްވީ ޑައުލާ"އިން އިންޑިއާގެ ރައްޔިތަކު ކަނޑަށް ވެއްޓިގެން، އެމީހާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން ދަނީ ކުރަމުން. މި ހާދިސާގެ މަޢުލޫމާތު ލިބުނީ މިރޭ 23:35 ހާއިރު. pic.twitter.com/5GNqjtwcHP
— Maldives National Defence Force (@MNDF_Official) September 22, 2025
ކަނޑަށް ވެއްޓުނު މީހާ ހޯދުމުގެ މަސައްކަތް ކަނޑާއި ވައިގެ މަގުން ކުރަމުންދާ ކަމަށާއި މިހާތަނަށް ކުރެވުނު މަސައްކަތުން އެމީހާ އަދިވެސް ފެނިފައި ނުވާ ކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް




