ފަތުރުވެރިކަމުގެ ދާއިރާއިން ޓެކްސް ނެގުމުގެ ކަންކަން ހަރުދަނާކުރުމާއި ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ.
މި މަޝްވަރާތައް ކުރިއަށްގެންގޮސްފައިވަނީ ފަތުރުވެރިކަމާ ބެހޭ ވަޒީރު އަދި ކޮމިޝަނަރ އޮފް ޓެކްޒޭޝަންއާ ދެމެދުއެވެ.
ފަތުރުވެރިކަމާ ބެހޭ ވަޒީރު ޠާރިޤު އިބްރާހީމް ވަނީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްޒޭޝަން ހަސަން ޒަރީރާއި ބައްދަލުކުރައްވައި ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ. މި މަޝްވަރާ ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި ވާހަކަދައްކަވާފައިވަނީ ޓެކްސް ނެގުން ހަރުދަނާކުރުމާއި ގުޅޭގޮތުންނެވެ.
މި ބައްދަލުވުމުގެ ތެރެއިން ވަނީ ފަތުރުވެރިކަމުގެ ދާއިރާގެ ފަރާތްތަކާއި އޮންނަ ގުޅުންތައް ބަދަހިކުރުމާއި ޓެކްސް ނެގުމުގެ މައުލޫމާތުތައް އެ ފަރާތްތަކަށް ހިއްސާކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައްވައި ވާހަކަދައްކަވާފައެވެ.
Minister @ThoriqIbrahim met with Commissioner General of Taxation, Mr. Hassan Zareer.
The discussions centered on strengthening tax compliance, enhancing institutional coordination, and adopting measures to improve revenue collection from the tourism sector in line with national… pic.twitter.com/sQcAPq3Pp4— Ministry of Tourism and Environment (@MoTmv) September 16, 2025
ފަތުރުވެރިކަމުގެ ދާއިރާއިން ނަގާ ޓެކުހަކީ ދައުލަތައް ބޮޑު އާމްދަނީއެއް ލިބޭ ދާއިރާއަކަށްވާއިރު ޓެކްސް ނެގުން ހަރުދަނާކުރެވިދާނެ ގޮތްތަކާއި ގުޅޭގޮތުންވެސް ދެބޭފުޅުން ވަނީ މަޝްވަރާކުރައްވާފައެވެ. ފަތުރުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށްޓަކައި ފަތުރުވެރިކަމާ ބެހޭ ވުޒާރާއާއި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮޓޯރިޓީ ގުޅިގެން މަސައްކަތް ކުރާނެކަމުގެ ޔަޤީންކަން ބައްދަލުވުމުގައި ވަނީ ދެއްވާފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް




