ފުވައްމުލަކު އެއާޕޯޓު އަލުން ހުޅުވައި ޚިދުމަތް ދޭން ފަށައިފިއެވެ.
ފުވައްމުލަކު އެއާޕޯޓުގެ އަލިފާން ނިއްވާ ލޮރީގެ ހޮޅި ފަޅައިގެން ގޮސް، ލޮރީ ބޭނުން ނުކުރެވޭ ހާލަތަށް އައުމާ ގުޅިގެން އިއްޔެ ވަނީ އެއާޕޯޓު ބަންދުކޮށް އޮޕަރޭޝަންތައް ހުއްޓާލާފައިވަނިކޮށް، އައްޑޫ ސިޓީން ގެންދިޔަ ފަޔަރ ޓްރަކް އެ އެއާޕޯޓަށް ލިބުމާއެކު ފުވައްމުލަކު އެއާޕޯޓު އަލުން އޮޕަރޭޝަނަށް ގެނެސްފިއެވެ.
ފުވައްމުލަކު އެއާޕޯޓަށް ދަތުރުކުރާ ހަމައެކަނި އެއާލައިނަކީ މޯލްޑިވިއަން ކަމަށްވާއިރު، މިއަދުން ފެށިގެން އެ އެއާލައިންގެ ދަތުރުތައްވެސް ވަނީ އެ އެއާޕޯޓަށް އަލުން ފަށައިފައެވެ. އަދި އެއާޕޯޓު ބަންދުވުމުގެ ސަބަބުން އިއްޔެ ދަތުރުނުކުރެވުނު ފަސިންޖަރުން، އާރުޓީއެލް ފެރީ މެދުވެރިކޮށް އައްޑޫއަށް ގެންގޮސް، ގަން އިންޓަރނޭޝަނަލް އެއާޕޯޓު މެދުވެރިކޮށް އިއްޔެ ވަނީ ފުރުމުގެ އިންތިޒާމު ހަމަޖައްސައިފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް



 
    


