ދައުލަތުގެ އިންޓަރނަލް އޮޑިޓް ކޮންފަރަންސްގެ ކޮންސެޕްޓް ތައްޔާރުކޮށް އިވެންޓް ބާއްވާ މެނޭޖްކޮށްދޭނެ ފަރާތެއް ހޯދުމަށް މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާއިން އިޢުލާންކޮށްފިއެވެ.
އެ ވުޒާރާއިން ކުރި އިޢުލާނެއްގައި ބުނެފައިވަނީ މިކަމާ ގުޅެ މަޢުލޫމާތު ސެޝަން އޮންނާނީ ސެޕްޓެންބަރު 8 ވަނަ ދުވަހުގެ 13:30 ގައި ކަމަށާއި، އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ ސެޕްޓެންބަރު 11 ވަނަ ދުވަހުގެ 13:30 ގައި ކަމަށެވެ. މި މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މި ގަޑިތަކަށް އެ ވުޒާރާއަށް ވަޑައިގެން މަޢުލޫމާތު ހޯދެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުމަށް އިޢުލާނުގައި އެދިފައިވެއެވެ.
އަދި އަންދާސީ ހިސާބު ހުށަހަޅުއްވާ ދުވަހުގެ 13:30ގެ ފަހުން ހުށަހަޅުއްވާ އަންދާސީ ހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބު ބާޠިލުކުރެވޭނެ ކަމަށްވެސް އެ ވުޒާރާއިން ބުންޏެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް




