ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ވަޒީފާގެ މާހައުލުގައި ޝާމިލުކުރުމާއި ގުޅޭގޮތުން ފަހި ދިރިއުޅުން ކޯޕަރޭޝަންގެ މުވައްޒަފުންނަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ ފަރާތުން ހޭލުންތެރިކުރުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.
ޖުމްލަ 12 ބައިވެރިންނާ އެކު ކުރިއަށް ގެންދިޔަ މި ސެޝަންގައިވަނީ، ވަޒީފާގެ މާހައުލުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ޝާމިލުކުރުމަކީ ކޮބައިކަމާއި، މިކަމާއި ގުޅޭ ޤާނޫނާއި ޤަވައިދާއި، އެކުލެވިގެންދާ މިނގަޑުތަކާއި، ވަޒީފާގެ މާހައުލުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނާ މުޢާމަލާތްކުރާނެ ގޮތްތަކާއި، އެކްސިސިބިލިޓީ އާއި ގުޅޭ ގޮތުން ބައިވެރިންނަށް މުހިންމު މަޢުލޫމާތު ފޯރުކޮށްދީފައެވެ.
ހަމައެހެންމެ، ވަޒީފާގެ މާހައުލުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި މެދު ކުރިން ދެކެމުންއައި ގޮތްތަކާއި، އެ ވިސްނުންތައް ބަދަލުކޮށް އެފަރާތްތަަކަކީ ވެސް ޝަމިލުކުރަނިވި ބައެއްގެ ގޮތުގައި ގުޅިގެން މަސައްކަތްކުރުމާއި ގުޅޭ ގޮތުން މި ސެޝަނުގައި ވަނީ އަލިއަޅުވާލާފައެވެ.
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ތެރެއިން ވަޒީފާ އަދާކުރަން ޝައުގުވެރިވާ ފަރާތްތަކަށް ދަޢުލަތުގެ ތެރެއިން ވަޒީފާ ޔަޤީންކޮށްދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެކެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް




