ހދ. ކުމުންދޫ ޕޮލިސް ޕޯސްޓްގެ ޢަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުއެވެ. މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖ،ީ ޢަލީ ޢިހްސާން އާއ،ި ކޮމިޝަނަރ އޮފް ޕޮލިސ،ް އިސްމާޢިލް ނަވީން އާއ،ި ކެބިނެޓު މިނިސްޓަރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ކައުންސިލްގެ ރައީސްއާއި އެމްޓީސީސީގެ މެނޭޖިން ޑައިރެކްޓަރ،
ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) އަޙުމަދު ސަޢުދީ އާއި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
1515 މީހުންގެ އާބާދީއެއް ދިރިއުޅޭ ހދ. ކުމުންދ އަކީ މަސްވެރި އަދި ދަނޑުވެރި ރަށެކެވެ. މިފެށިގެންދާ ޕޮލިސް ޕޮސްޓުގެ މަސައްކަތް ފުރިހަމަކުރެވުމާއެކު ރައްޔިތުންނަށް އިޖުތިމާޢީ ގޮތުން ގިނަގުނަ މަންފާތަކަކާއި ފަސޭހަތަކެއް ލިބިގެންދާނެއިރު، އެ ރަށުގައި މި ޤާއިމުކުރެވޭ ޕޮލިސް ޕ ސްޓަކީ ރަށުގެ އަމަންއަމާންކަން ދެމެހެއްޓުމަށް އެޅޭ މުހިންމު ފިޔަވަޅަކަށްވެސް ވެގެންދާނެއެވެ.
މި މަޝްރޫޢުގެ ދަށުން، 1,600 އަކަފޫޓުގެ ސަރަހައްދެއްގައި ޕޮލިސް ޕޯސްޓެއް ޤާއިމުކުރެވޭއިރު، ޕޮލިސް ޕޯސްޓެއްގައި ޚިދުމަތް ފ ރުކޮށްދިނުމަށް ބޭނުންވާ ހުރިހާ ވަސީލަތެއްވެސް ޤާއިމުކުރެވޭނެވެ. މި މަޝްރޫޢަކީ 2.20 މިލިއަން ރުފިޔާއަށް 150 ދުވަސްތެރޭ ނިންމުމަށް އެމްޓީސީސީއާ ހަވާލުކުރެވިފައިވާ މަޝްރޫއެކެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް




