ހދ. ކުމުންދޫ ސިއްޙީ މަރުކަޒުގެ އަލަށް ހަދާ އިމާރާތުގެ ޢަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
މި ރަސްމިއްޔާތުގައ،ި ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާއ،ި އޮނަރަބަލް ހެލްތު މިނިސްޓަރ ޢަބްދުللاه ނާޡިމް އިބްރާހީމް އާއ،ި ކެބިނެޓް މިނިސްޓަރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ،ު ޑީސީޕީ (ރިޓަޔަރޑް) އަޙުމަދު ސަޢުދީއާއ،ި ކުމުންދޫ ކައުންސިލްގެ ރައީސާއި މެންބަރުން އަދި ސަރުކާރުގެ އިސް ވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
1515 މީހުންގެ އާބާދީއެއް އޮންނަ ކުމުންދޫ ރައްޔިތުންނަށްޓަކައި މި ފެށިގެންދާ މަޝްރޫޢުގެ މަސައްކަތް ފުރިހަމަވުމާއެކ،ު އެ ރަށުން ލިބިގެންދާ ޞިއްޙީ ޚިދުމަތުގެ ފެންވަރު ރަނގަޅުވ،ެ މުޅި ރަށުގެ އާބާދީއަށް ފާހަގަކުރެވޭ ހެޔޮ ފައިދާތަކެއް ކުރާނެއެވ.ެ މިކަމުގެ ސަބަބުން އެ ރަށުގެ ރައްޔިތުން ޞިއްޙީ ފަރުވާއަށް އެހެން ރަށްރަށަށް ދަތުރުކުރަން ޖެހޭ މިންވަރު މަދުވ،ެ އެކަމާ ގުޅިގެން ކުރަން ޖެހޭ މާލީ ޚަރަދުތައްވެސް ކުޑަވެގެންދާނެކަމަށް އެމްޓީސީސީން ބުނެފައިވެއެވެ.
މި މަޝްރޫޢުގެ ދަށުނ،ް 7,800 އަކަފޫޓުގެ ސަރަޙައްދެއްގައި 2 ފަންގިފިލާގެ އިމާރާތެއް ބިނާކުރުމުގެ މަސައްކަތް ކުރެވޭނެއެވެ. މީގެ އިތުރުނ،ް ބިންގަނޑު ކޮނުމާއ،ި މޭސަނަރ،ީ ކޮންކްރީޓް މަސައްކަތް ކުރުމާއ،ި ޓައިލްސް ޖެހުމާއ،ި ދޮރާއި ކުޑަދޮރު ހަރުކުރުމާއ،ި ދަވާދު ލުމާއ،ި ދަގަނޑު މަސައްކަތްތަކާއ،ި ހައިޑްރޯލިކްސް އަދި ޑްރެއިނޭޖް މަސައްކަތާއ،ި ކަރަންޓު ވަޔަރު ކުރުމާއ،ި މެޑިކަލް ގޭސް ސިސްޓަމެއް ހަރުކުރުމާއ،ި އެއަރ ކޮންޑި ޝަން ސިސްޓަމެއް ހަރުކުރުމާއ،ި އަލިފާން ނިއްވާ ނިޒާމެއް ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.
މި މަޝްރޫއަކީ 27.26 މިލިއަން ރުފިޔާއަށް 360 ދުވަސްތެރޭ ނިންމުމަށް އެމްޓީސީސީއާ ހަވާލު ކޮށް ފައިވާ މަޝްރޫޢެކެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް




