ހދ. ނޭކުރެންދޫ ޞިއްޙީ މަރުކަޒު އެކްސްޓެންޝަން އިމާރާތުގެ އަމަލީ މަސައްކަތް ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށް އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.
ނޭކުރެންދޫ ސިއްޙީ މަރުކަޒު އެކްސްޓެންޝަން އިމާރާތުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ ސިއްހަތާއި ބެހޭ ވަޒީރު އަބްދުﷲ ނާޒިމްއެވެ. އަރިހުގައި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ނަޖާޙް އަދި ކައުންސިލްގެ ރައީސް ވަނީ ބައިވެރިވެފައެވެ.
ސިއްޙަތާއި ބެހޭ ވަޒީރު އަބްދުﷲ ނާޒިމް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ގެންދަނީ އަތޮޅުތެރޭގެ ސިއްޙީ ނިޒާމު ހަރުދަނާކުރުމާއި ކުރިމަތިވާ ގޮންޖެހުންތަކަށް ހައްލު ހޯދާދެއްވަމުންކަމަށެވެ. އެގޮތުން ހދ. އަތޮޅުގެ ސިއްހީ މަރުކަޒުތަކަކީވެސް ބޭނުންވާ ގޮތައް ހިދުމަތް ދިނުމަށް ޖާގަ ބޭނުންވާ ތަންތަންކަމަށެވެ.
ވަޒީރު ވިދާޅުވީ އަތޮޅުތެރޭގެ ސިއްހީ މަރުކަޒުތައް ޒަމާނީ ފެންވަރަށް ތަރައްޤީކޮށް ރައްޔިތުންނަށް ފެންވަރު ރަނގަޅު ޙިދުމަތްދިނުމަކީ ސަރުކާރުގެ އަމާޒެއްކަމަށެވެ. އެގޮތުން ސަރުކާރުން މިހާރު ފައްޓާފައިވާ ސިއްހީ އެކި މަޝްރޫއުތައް ނިމިގެންދާއިރު އަތޮޅު ތެރޭގެ ސިއްހީ ނިޒާމުގައި ހުރި ގޮންޖެހުންތައް ހައްލުވެގެންދާނެކަމަށެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް




