ރޭ ހުޅުމާލޭގައި ނިޔާވެފައި އޮއްވާ ފެނުނީ ފިރިހެނެއް ކަމަށާއި، އެމީހާގެ ހަށިގަނޑު ވަނީ ޑީކޮމްޕޯސްވެފައި ކަމަށް ފުލުހުން ބުނެފިއެވެ.
މިކަން ހާމަކޮށް ފުލުހުން މިއަދު ބުނީ ނިޔާވެފައި އޮއްވާ ފެނުނީ ފިރިހެނެއް ކަމަށާއި، މިހާތަނަށް އެ މީހާގެ އައިޑެންޓިޓީ ކަށަވަރުވެފައި ނުވާ ކަމަށެވެ. ނަމަވެސް އޮގަސްޓު 21 ވަނަ ދުވަހުން ފެށިގެން ގެއްލިގެން ހޯދަމުންދާ ބިދޭސީ މީހާ ކަމަށް ބެލެވިދާނެ ބައެއް ކަންކަން ތަޙުޤީޤަށް މިހާތަނަށް ހޯދިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން އިތުރަށް ބުނީ އެ މީހާގެ އައިޑެންޓިޓީ ކަށަވަރު ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާ ކަމަށާއި، އެ މީހާގެ ހަށިގަނޑު ވަނީ ޑީކޮމްޕޯސްވެފައި ކަމަށެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް




