ހދ. ހަނިމާދޫ އާއި ހދ. ފިނޭގައި ފިންޓެސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އަޅައިފިއެވެ.
މި ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރު (އެފްއާރްސީ) ތަކުގެ ބިންގާ އަޅާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހދ އަތޮޅަށް ކުރައްވާ ދަތުރުފުޅުގެތެރެއިންނެވެ.
އެގޮތުން މިއަދު ހެނދުނު ހަނިމާދޫ އެފްއާރްސީގެ ބިންގާ އަޅުއްވާދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވަޒީރު އަބްދުالله ރާފިއު އާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޑެޓް، އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ޝަރީފް މުހައްމަދެވެ. އަދި ރޭ ވަނީ ފިނޭ އެފްއާރްސީގެ ބިންގާވެސް އަޅުއްވާ ދެއްވާފައެވެ.
ހަނިމާދޫ އާއި ފިނޭގައި ގާއިމު ކުރާ ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރަކީ ޖިމާއި އެރޮބިކްސް ކުލާސްތަކާއި ބޯޑް ގޭމްތައް ކުޅެވޭގޮތަށް ތަރައްގީކުރާ އިމާރާތްތަކެކެވެ. މި އިމާރާތްތަކުގައި މީޓިން ރޫމާއި ކުލާސްރޫމް އަދި އޮފީސް ބައެއްވެސް ހިމެނޭނެއެވެ. އެފްއާރްސީތައް ގާއިމުކުރުމަކީ ސަރުކާރުން ބޮޑު އިސްކަމެއްދީގެން ހުރިހާ ރަށެއްގައި ގާއިމުކުރަން ހަމަޖެހިފައިވާ ކުޅިވަރުގެ މުހިންމު ވަސީލަތެކެވެ.
މިހާތަނަށް ތިން ރަށެއްގެ އެފްއާރްސީގެ މަސައްކަތް ނިމިފައިވާއިރު ބައެއް ރަަށްރަށުގައި އަންނަނީ ބާރު ސްފީޑުގައި މަސައްކަތް ހިނގަމުންނެވެ. ރަށްރަށުގަައި އެފްއާރްސީތައް ގާއިމުކުރަނީ އެމްޓީސީސީ، ފެނަކަ، އާރްޑީސީ އަދި އެމްއޭސީއެލް އާއި ހަވާލުކޮށްގެންނެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް




