ނިމިގެންދިޔަ ޖުލައި މަހު ޖުމުލަ 239 ކައިވެނި ކޮށްދީފައިވާ ކަމަށް ފެމިލީ ކޯޓުގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އެ ކޯޓުން އާންމުކުރި ތަފާސްހިސާބަށް ބަލާއިރު، މިދިޔަ މަހު 147 ވަރި ސާބިތުކޮށްދީފައިވެއެވެ.
ފެމިލީ ކޯޓުން މީގެ ކުރިން އާންމުކުރި 2025 ވަނަ އަހަރުގެ ފުރަތަމަ 6 މަހުގެ އުސްއަލިތަކަށް ބަލާއިރު، އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި 1،226 ކައިވެނި ކޮށްދީފައިވާއިރު، 588 ވަރި ސާބިތުކޮށްދީފައިވެއެވެ. މީގެ އިތުރުން ރާއްޖެއިން ބޭރުގައި ކޮށްފައިވާ 113 ކައިވެނި ރަޖިސްޓްރީކޮށްދީފައިވެއެވެ.
ފެމިލީ ކޯޓުގެ 2025 ވަނަ އަހަރުގެ ޖުލައި މަހުގެ ކާވެންޏާއި ވަރީގެ ތަފާސްހިސާބު pic.twitter.com/XAlBT8aTe8
— Family Court of the Maldives (@FamilyCourtMv) August 23, 2025
މި އަހަރުގެ ޖޫން މަހު ފެމިލީ ކޯޓުން 180 ކައިވެނި ކޮށްދީފައިވާއިރު، އެ މަހު ސާބިތުކޮށްދިން ވަރީގެ އަދަދަކީ 63 އެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް