އއ. މާޅޮހުން ޒަޚަމްތަކަކާއެކު ފެނުނު އަބްދުއްރަހްމާނު އާދަމްގެ މަރުގެ މައްސަލާގައި ތިން މީހަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
މިދިޔަ މަހުގެ 13ވަނަ ދުވަހު ޢަބްދުއްރަހްމާން ނިޔާވީ އޭނާ ނިދާފައި އޮއްވާ ދިން ހަމަލާއެއްގެ ސަބަބުންއެ ޒަޚަމްތަކަށް ފަރުވާދެމުން ދަނިކޮށްއެވެ. މިމައްސަލާގައި ފުލުހުން ރޭ މީޑިއާތަކަށް ފޮނުވި މެސެޖުގައި ވިދާޅުވީ ޢަބްދުއްރަހުމާން އާދަމް މަރާލުމުގައި ބައިވެރިވިކަމުގެ ތުހުމަތުގައި 3 މީހަކު ހައްޔަރު ކޮށްފައިވާކަމަށެވެ.
މިމައްސަލާގައި ހައްޔަރުކޮށްފައިވާ މީހުންގެ ތަފްސީލެއް އަދި ފުލުހުން ހާމަކޮށްފައި ނުވެއެވެ. މިކަމުގެ އިތުރު ތަފްސީލް ފަހުން ހާމަކުރާނެކަމަށްވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް




