ނޭޝަނަލް ކްރިއޭޓިވް އިކޮނޮމިކް ކޮމިޓީގެ 8 ވަނަ ބައްދަލުވުން ބާއްވައިފިއެވެ. މި ބައްދަލުވުން އޮތީ އަންގާރަ ދުވަހު އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާގައެވެ.
މި ބައްދަލުވުމުގައި އަލިއަޅުވާލާފައިވަނީ އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއާއި ދުނިޔޭގެ ފިކުރީ މުދަލާ ބެހޭ ޖަމުޢިއްޔާ (ވައިޕޯ) އާ ގުޅިގެން މި އަހަރުގެ މޭ މަހުގެ 25 އިން 30 އަށް ކުރިއަށްގެންދިޔަ ނޭޝަނަލް ކޮންފަރެންސް ފޮރ ދަ ކްރިއޭޓިވް އިންޑަސްޓްރީސް: ބިލްޑިންގ ކްރިއޭޓިވް ލެގަސީސް ތްރޫ އިންޓެލެކްޗުއަލް ޕްރޮޕަރޓީގެ ހޯދުންތަކުގެ މައްޗަށެވެ.
މީގެ އިތުރުން، އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއާއި، އޭޝިއަން ޑިވެލޮޕްމަންޓް ބޭންކާއި ޔޫއެންޑީޕީ އަދި ބްރިޓިޝް ކައުންސިލް ގުޅިގެން މިދިޔަ ޖުލައި މަހުގެ 1 އިން 7 އަށް ކުރިއަށްގެންދިޔަ، ވޯކްޝޮޕް ސީރީސް އޮން އިކޮނޮމިކް ޑައިވަރސިފިކޭޝަން: ދަ ކްރިއޭޓިވް އިކޮނޮމީން ހޯދުނު ހޯދުންތަކުގެ މައްޗަށްވެސް މި ބައްދަލުވުމުގައި އަލިއަޅުވާލާފައިވެއެވެ.
މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މުހިންމު ވަޢުދުފުޅެއް ކަމަށްވާ ފަންނުވެރި އިޤުތިޞާދެއް ތަރައްޤީ ކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ބޭއްވި ބައްދަލުވުމެކެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް