ށ. މާއުނގޫދޫގައި ޤުއުރާން ސެންޓަރެއް އިމާރާތް ކުރުމަށް އަފާމީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްފިއެވެ. މިކަމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ހޯމަ ދުވަހު އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.
ދަޢުލަތުގެ ބަޖެޓުން 4 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫޢު ހަވާލުކޮށްފައިވަނީ 240 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.
މި މަޝްރޫޢު ނިމިގެންދާއިރު ޤުރުއާން ސެންޓަރުގައި އޮފީސް ޖާގައަކާއި ޙިފްޡު ޓެސްޓުތައް ކުރިއަށް ގެންދެވޭނެ ރޫމަކާއި ކްލާސްރޫމާއި ކޮންފަރެންސް ހޯލެއް އަދި ލައިބްރަރީވެސް ހިމެނޭނެއެވެ.
މިއީ މި ސަރުކާރުގެ ޤުރުއާން ޢިލްމު ފެތުރުން ފުޅާ ކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ކުރިއަށް ގެންދެވޭ މަޝްރޫޢުއެކެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް