އަންނަ މަހުން ފެށިގެން ފްރައިޓް ފޯވާޑިންގގެ ޚިދުމަތް ލިބޭނީ ކަސްޓަމްސްގައި ރަޖިސްޓްރީވެފައިވާ ފްރައިޓް ފޯވަރޑަރުންނަށް އެކަނި ކަމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން ހާމަކޮށްފިއެވެ.
ކަސްޓަމްސް އިން ވަނީ މިކަން ފްރައިޓް ފޯވަރޑިންގގެ ޚިދުމަތް ދެއްވާ ފަރާތްތަކުގެ ސަމާލުކަމަށްވެސް ގެނެސްފައެވެ.
މިކަން ހާމަކޮށް ކަސްޓަމްސް އިން ވިދާޅުވީ ސެޕްޓެންބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން ކަސްޓަމްސް އިން ޚިދުމަތް ދެވޭނީ ހަމައެކަނި ކަސްޓަމްސްގައި ރަޖިސްޓްރީ ވެފައިވާ ފްރައިޓް ފޯވަރޑަރުންނަށް އެކަނި ކަމަށެވެ.
އެހެންކަމުން ކަސްޓަމްސްގެ MCS-155 ނަންބަރު ފޯމު ( ޚިދުމަތްތައް ރަޖިސްޓްރީ ކުރުމަށާއި ކެންސަލް ކުރުމަށް އެދޭ ފޯމު) ހުށަހަޅައި ކަސްޓަމްސްގައި ރަޖިސްޓްރީ ކުރުމަށް ކަސްޓަމްސް އިން ވަނީ އެދިވަޑައިގެންފައެވެ.
އިމްޕޯޓްކުރާ މުދަލާއި އެކްސްޕޯޓްކުރާ މުދަލުގެ ބިލް އޮފް ލޭޑިން/އެއަރވޭބިލް ދޫކުރުމާއި ޑެލިވަރީ އޯޑަރ ދޫކުރުމުގެ ޚިދުމަތް ހިމެނޭގޮތުން ފްރައިޓް ފޯވަރޑިންގގެ ޚިދުމަތްދޭ ފަރާތްތަކާއި އުޅަނދުފަހަރުގެ އެޖެންޓުގެ ހައިސިއްޔަތުން ފްރައިޓް ފޯވަރޑިންގގެ ދައުރު އަދާކުރާ ފަރާތްތައް ކަސްޓަމްސްގައި ރަޖިސްޓަރީ ކުރަންވާނެ ކަމަށް ކަސްޓަމްސްގެ ޢާންމު ގަވާއިދުގެ 219 ވަނަ މާއްދާގެ (ހ)ގައި ބަޔާންކޮށްފައިވެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް