ޤައުމީ ދުވަހު ބްލަޑް ސަރވިސަސްގެ ޚިދުމަތް ލިބޭނީ އައިޖީއެމްއެޗާއި ހުޅުމާލޭ ހޮސްޕިޓަލުން ކަމުގައި އެ ބްލަޑް ސަރވިސަސް އިން ބުނެފިއެވެ.
އެމްބީއެސް އިން ކުރި އިޢުލާނެއްގައި ބުނެފައިވަނީ ޤައުމީ ދުވަސް ކަމަށްވާ އޮގަސްޓު 24 ވާ އާދީއްތަ ދުވަހު ސަރުކާރު ބަންދު ކަމަށްވާތީ، އެ ދުވަހު އައިޖީއެމްއެޗާއި ހުޅުމާލޭ ހޮސްޕިޓަލުގެ އިމަރޖެންސީ އަށް ވަޑައިގެންނެވުމުން، އެ ސަރވިސަސް ގައި ދެމުން އަންނަ ހިމޮގްލޮބިން ލެވެލް ޓެސްޓުކުރުމާއި، ކްރޮސްމެޗު ހެދުމާއި ލޭ އެޅުމުގެ ފަރުވާއާ ގުޅޭ ޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށެވެ.
އަދި މިކަމާ ގުޅޭ އިތުރު މަޢުލޫމާތު އެ ސަރވިސަސްގެ ރިސެޕްޝަން ނަންބަރު 3350155 އާއި ހޮޓްލައިން ނަންބަރު 7333645 އަށް ގުޅާއިގެން ނުވަތަ ވަޓްސްއެޕް އަދި ވައިބަރ ކޮށްގެން ސާފުކުރެވޭނެ ކަމަށްވެސް އިޢުލާނުގައި ބުނެފައިވެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް