ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ހުސްވުމާ ގާތްވެފައިވާ ދެ މެންބަރުކަމުގެ މަގާމަށް، ދެ ބޭފުޅެއްގެ ނަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ފޮނުއްވައިފިއެވެ.
ފަސް މެންބަރުން ތިއްބަވާ އެޗްއާރްސީއެމްގެ ދެ މެންބަރެއްގެ ދައުރު ހަމަވާނީ އަންނަ މަހުގެ 8 ގައި ކަމަށްވާއިރު، އެ ދެ މަގާމަށް ކުރިމަތިލާން ބޭނުންވާ ބޭފުޅުންނަށް އެ ފުރުސަތު ހުޅުވާލުމުން، ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ދެ ބޭފުޅެއްގެ ނަން ރައީސް މުޢިއްޒު ވަނީ މިއަދު ފޮނުއްވާފައެވެ.
އެ މަގާމަށް ރައީސް ފޮނުއްވާފައިވަނީ ހ. ސޯސަން / މުހައްމަދު ފާރިސް ތޯހާ އާއި މ. ކޮޕީ / މުހައްމަދު ޝަފީގު މަހްމޫދު ގެ ނަމެވެ.
މި ނަންތައް ދިރާސާ ކުރުމަށް މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއަށް މިހާރު ވަނީ ފޮނުވާފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް