ފަލަސްތީނަކީ މިނިވަން ދައުލަތެއްގެ ގަތުގައި ބަލައިގަންނަން އޮސްޓްރޭލިއާ އިން ނިންމައިފިއެވެ.
އޮސްޓްރޭލިއާގެ ވަޒީރުންގެ މަޖިލީހުގެ ލަފާގެ މަތިން ފަލަސްތީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަންނަން ރަސްމީކޮށް ނިންމާފައިވާ ކަމަށް އިއުލާނު ކުރެއްވީ އޮސްޓްރޭލިއާގެ ބޮޑުވަޒީރު އެންތަނީ އެލްބަނީސް އެވެ. އަދި ސެޕްޓެމްބަރު މަހު އޮންނަ އ.ދ ގެ އާންމު މަޖިލީހުގެ ޖަލްސާގައި މިކަން އިއުލާނު ކުރާނެކަމަށް ވެސް ބޮޑުވަޒީރު އެންތަނީ ވަނީ ވިދާޅުވެފައެވެ.
ފަލަސްތީނު މިނިވަންވެ އުފެދޭ ސަރުކާރެއްގައި ހަމާސްގެ އެއްވެސް ދައުރެއް ނޯންނާނެ ކަމަށް ފަލަސްތީނު ހިންގުމާއި ހަވާލުވެ ތިބި ޕަލަސްތީނިއަން އޮތޯރިޓީ (ޕީއޭ) އިން ބުނި ފަހުން ނިއުޒިލޭންޑް އިން ވެސް ވަނީ ފަލަސްތީން މިނިވަން ދައިލަތެއްގެ ގޮތުގައި ބަލައިގަންނަން ވިސްނަމުންދާ ކަމަށް ބުނެފައެވެ.
އިސްރާއީލުން ގައްޒާ އަށް ދެމުން ގެންދާ ހަމަލާތައް ހުއްޓާ ނުލައިފިނަމަ ފަލަސްތީން މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަންނާނެ ކަމަށް އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތުން ވެސް ވަނީ ބުނެފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް