މޫސުން ގޯސްވެ، މުޅި ރާއްޖެއަށް އުދަ އަރާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފިއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ، 14:00އިން 18:00އަށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެ، އުދަ އެރުން އެކަށީގެންވާތީ ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.
މެޓް އޮފީހުން މިއަދު މާލެ ސަރަހައްދުގެ އެކި ހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެ ކަމަށް ލަފާކޮށްފައިވެއެވެ. ކަނޑު ގަދަ ވާނެ ކަމަށާއި ރާޅުގެ އުސްމިން ހަތަރު ފޫޓާއި ހަތް ފޫޓަށް އެރުން އެކަށީގެންވާ ކަމަށް މޫސުމާއި ބެހޭ އިދާރާއިން ބުންޏެވެ.
އިއްޔެ މޫސުމާ ބެހޭ އިދާރާއިން ބުނީ މިއަދުން ފެށިގެން ހަތަރު ދުވަހު ރާއްޖެ ސަރަހައްދަށް ހުޅަނގު މޫސުމުގެ ބާރުގަދަވާނެ ކަމަށް ބެލެވޭ ކަމަށް ބުނެފައެވެ. އެހެންކަމުން ވައި ބާރުވެ، ކަނޑުތައް ގަދަވެ، ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރާނެ ކަމަށް ލަފާކުރެވޭ ކަމަށް އެ އޮފީހުން ބުންޏެވެ.
މެޓް އޮފީހުން ވަނީ ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރުމާއެކު ގުގުރާނެ ކަމަށް ވެސް ބުނެފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް