ދިވެހި ރާއްޖޭގެ ގައުމީ ކުތުބުހާނާއިން ގދ. ފިޔޯރީ ސްކޫލަށް ފޮތް ހަދިޔާކޮށްފިއެވެ.
ކުތުބުހާނާއިން ބުނީ އެރަށަށް ހަދިޔާކޮށްފައިވަނީ ޖުމްލަ 75 ފޮތް ކަމަށެވެ.
Advertisement
މި މަސައްކަތަކީ ދަރިވަރުން ބާރުވެރިކުރުމަށާއި، އަދި ޒުވާން ޖީލުގެ މުސްތަގްބަލަށް ކުރެވުނު މުހިންމު އިންވެސްޓްމަންޓެއް ކަމަށް ލައިބްރަރީން ވަނީ ބުނެފައެވެ.
ދިވެހި ރާއްޖޭގެ ގައުމީ ކުތުބުހާނާއިން އަންނަނީ އެކިއެކި އިދާރާތަކަށާއި ސްކޫލުތަކަށް ފޮތް ހަދިޔާކުރަމުންނެވެ.
ސްކޫލުތަކަށް ފޮތްތައް ހަދިޔާކުރަނީ ސްކޫލްތަކުގެ ލައިބްރަރީ މުއްސަނދިކުރުމުގެ މަގުސަދުގައި ކަމަށް ދިވެހި ރާއްޖޭގެ ގައުމީ ކުތުބުހާނާއިން ވަނީ ބުނެފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް